މިދިޔަ އަހަރެކޭ އެއްފަދައިން ރަމަޟާން މަހާ ދިމާކޮށް ފެސާއިން ”މީ ކާކު؟“ މުބާރާތް ފަށައިފިއެވެ.
މި މުބާރާތް ފަށާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގައެވެ. މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ، ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޚާއްސަކޮށްގެން، މުނިފޫހިފިލުވުމުގެ ގޮތުން ބޭއްވޭ ސުވާލު މަބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފެކަލްޓީގައި ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެސާގެ ގިނަ ދަރިވަރުން ހިމެނޭހެން ހެދިފައިވާ ވައިބަރ ގްރޫޕެއް ކަމަށްވާ، ”ފެސާ އެންޓަރޓެއިންމަންޓް“ ގްރޫޕުގައެވެ.
ކޮންމެ ދުވަހަކުވެސް މި ގްރޫޕު މެދުވެރިކޮށް ސުވާލު އާއްމު ކުރެވޭނެއެވެ. މިސުވާލުތަކުގެ ޖަވާބު ފޮނުވާނީ ވައިބަރ އިން ޕްރައިވެޓް މެސެޖުންނެވެ. ޖަވާބު ފޮނުވުމުގެ ސުންގަޑި އަކީ ސުވާލު އާއްމުކުރާ ދުވަހުގެ ރޭ 12:00 މިނެޓެވެ. ޖަވާބު ފޮނުވުމަށް ކަނޑައެޅިވައިވާ ވަގުތު ހަމަވުމުން ރަނގަޅު ޖަވާބު އާއްމު ކުރެވިގެން ދާނެއެވެ.
މި މުބާރާތުގައި އެންމެ ގިނަ ޖަވާބު ދިމާކުރާ ބައިވެރިއަކަށް އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.





