އެހީ ޖަމީއްޔާއިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ގައި ސުފުރާ އެޅުމުގެ އަމަލީ މަސައްކަތުގައި ފެސާގެ ފިރިހެން އިސްވާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮންމެ ދުވަހެއްގެ 5:30 ގައި މާލޭގެ އެކިއެކި މިސްކިތްތަކުގައި މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވާއިރު، ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ އިސްވާރުން ވަނީ މަސްޖިދުލް ފުރުޤާނުގައި ސުފުރާ އެޅުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.
މި ހަރަކާތުގައި ފެސާއިން ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ އެހީ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ފެސާގެ ފިރިހެން އިސްވާރުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މިފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފެސާގެ އިސްވާރުންނަށް ފަހިކޮށްދިނުމެވެ.
ކުރިއަށް އޮތްތާގައި މިފަދަ ޙަރަކާތް ތަކުގައިވެސް ފެސާއަށް ނިސްބަތްވާ އެންމެހާ އިސްވާރުންގެ އެއްބާރުލުން ލިބޭނެކަމަށް ފެސާއިން އުންމީދު ކުރެއެވެ.