ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އަދި ދޮންދީނި ގުޅިގެން ޢީދު ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ”ފެސާ/ ދޮންދީނި ޢީދު ހަދިޔާ ބަދަލު ކުރުން“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ޢީދު ދުވަހު ހެނދުނު ޢީދު ނަމާދަށް ފަހުގައެވެ. މި ހަރަކާތް ވަނީ މާލޭގެ އިތުރުން 5 ރަށެއްގައި ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން ވަނީ އުމުރުން ދުވަސްވީ މީހުންނާއި، ބަލި މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ހަވާލުކޮށްފައެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ޢީދު ދުވަހުގެ އުފަލުގައި އެންމެން ވެސް ބައިވެރިކޮށް، ދުވަހުގެ ތަހުނިޔާ އަރިސްކުރުމެވެ.
މި ހަރަކާތް ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދެވުނީ ހަރަކާތް ރާވާ ހިންގުމުގެ އަމަލީ އެންމެހާ މަސައްކަތްތަކުގައި ބައިވެރިވި ފެސާގެ އިސްވާރުންގެ ފުރިހަމަ އެއްބާރުލުމުގެ ސަބަބުންނެވެ. ފެސާގެ އިސްވާރުންގެ ފަރާތުން މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ލިބުނު އެއްބާރުލުމާއި އެހީތެރިކަން ކުރިޔަށް ހުރި ހަރަކާތްތަކުގައި ވެސް ލިބިގެންދާނެ ކަމަށް ފެސާއިން އުއްމީދުކުރެއެވެ.