ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑަންޓް އެސޯސިއޭޝަން (ފެސާ) އިން ރޯދަ މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ”ފެސާ މީ ކާކު؟“ މުބާރާތުގެ އެއްވަނަ ޖުމާ މުހައްމަދު ހޯދާފިއެވެ.
މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ، ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އަމާޒު ކޮށްގެންނެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފެކަލްޓީގައި ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ފެސާގެ ގިނަ ދަރިވަރުން ހިމެނޭހެން ހެދިފައިވާ ވައިބަރ ގްރޫޕެއް ކަމަށްވާ، ”ފެސާ އެންޓަރޓެއިންމަންޓް“ ގްރޫޕުގައި، ކާކުކަން ނޭނގޭ ގޮތަށް އެޑިޓު ކޮއްފައިވާ ސުވާލު އާއްމު ކޮށްގެންނެވެ. އަދި ޖަވާބު ފޮނުވުމުގެ ސުންގަޑި އަކީ ސުވާލު އާއްމުކުރާ ދުވަހުގެ ރޭ 00:00 މިނެޓެވެ.
އެންމެ ގިނަ ޖަވާބު ރަނގަޅުކުރާ ފަރާތަކަށް އެއްވަނަ ލިބޭ އުސޫލުން ކުރިޔަށް ގެންދެވުނު މި މުބާރާތުގެ އެއްވަނައަށް ދިޔަ ބާވެރިޔާއަށް ފެސާއިން ވަނީ 500ރ ގެ ގިފްޓް ވައުޗަރެއް ހަދިޔާ ކޮށްފައެވެ.
ފެސާގެ އިސްވާރުންގެ މެދުގައި ގުޅުން ބަދަހިކޮށް ، ރޯދަ ކުރުކުރުމުގެ މަގުޞަދުގައި ހިންގި މި މުބާރާތުގައި މުޅި ޖުމުލަ 29 އިސްވާރުން ވަނީ ބައިވެރިވެފައެވެ.





