ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ ޓޯނަމަންޓް 2026“ ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ބައިވެރިވާ އަންހެން ޓީމުގެ ޖާރޒީ ހަވާލުކޮށްފިއެވެ.
ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ 24 މާރިޗު ވީ އަންގާރަ ދުވަހުގެ ހަވީރު 3 ގަޑި ސުންމިނެއްޓުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ގެ ޑީން ނާދިޔާ އަހްމަދެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން މި ރަސްމިއްޔާތު ފައްޓަވައިދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު އަރުޝީ ރަޝީދެވެ. މި ރަސްމިއްޔާތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ގެ ޑީން ވަނީ ކުޅުންތެރިންނާ މުޚާތަބުކުރައްވާ، ކުޅުންތެރިންނަށް މި މުބާރާތް ކާމިޔާބު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އަންހެން ޑިވިޝަންގައި 12 ކުޅުންތެރިންގެ އިތުރުން 4 އޮފިޝަލުން ހިމެނެއެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ ޓީމު އުންމީދަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށެވެ.






