ިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން ސްޓޫޑަންޓް އެސޯސިއޭޝަން (ފެސާ) އިސްނަގައިގެން، އަމަލީ ތަޖުރިބާ ނުވަތަ ޓީޗިންގް ޕްރެކްޓިކަލް ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހާއްސަ ”ސްޓްރެސް ރިލީފް“ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި މަހުގެ 16 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި ކުރިއަށްދިޔަ މި ސެޝަންގެ މައިގަނޑު މަގުސަދަކީ، އަމަލީ ތަޖުރިބާގެ މަރުހަލާ ފެށުމުގެ ކުރިން ދަރިވަރުން ނަފްސާނީ ގޮތުން އެކަމަށް ފުރިހަމައަށް ތައްޔާރުކުރުމެވެ. މި ސެޝަން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަވައިދެއްވީ އެމް.އެން.ޔޫގެ އިސްވާރު އަދި ފެސާގެ ކުރީގެ ރައީސެއް ކަމުގައިވާ މުހައްމަދު ނާބިތު އަހްމަދެވެ.
ކިޔަވައިދިނުމުގެ ދާއިރާގައި މިހާރުވެސް އަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ނާބިތު ވަނީ، މާސްޓާ ޓީޗަރެއްގެ ހައިސިއްޔަތުން އޭނާގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކުރައްވާފައެވެ. ވަކިން ހާއްސަކޮށް، އަމަލީ ތަޖުރިބާގެ މަރުހަލާގައި ދިމާވާ ގޮންޖެހުންތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ފިއްތުންތައް ނުވަތަ ސްޓްރެސް މެނޭޖްކުރުމާ ގުޅޭގޮތުން އޭނާ ވަނީ އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދެއްވާފައެވެ.
ނާބިތުގެ އިތުރުން، މީގެ ކުރިން ޓީޗިންގް ޕްރެކްޓިކަލް ފުރިހަމަކޮށްފައިވާ ދަރިވަރުންވެސް ވަނީ އެކުދިންގެ އަމަލީ ތަޖުރިބާތަކާއި ދިމާވި ކަންތައްތައް މި ސެޝަންގައި ހިއްސާކޮށްފައެވެ.
މިއީ ދަރިވަރުންގެ ފަރާތުން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުނު ނުހަނު ބޭނުންތެރި އަދި އެހާމެ ކާމިޔާބު ހަރަކާތެކެވެ. ފެސާގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދަރިވަރުންގެ ކުރިއެރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިވާނެ މިފަދަ ތަފާތު ހަރަކާތްތައް ރާވައި ހިންގުމެވެ. މި ވޯކްޝޮޕަކީ ބައިވެރިވި ދަރިވަރުންނަށް އަގުހުރި މައުލޫމާތުތަކެއް ލިބިގެން ދިޔަ ކާމިޔާބު ހަރަކާތެކެވެ






