ކޮންމެ އަހަރެއްގެވެސް 12 މެއި އަކީ ނަރުހުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަމުންދާ ދުވަހެވެ. މިއަހަރުގެ ނަރުހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހދ.ކުޅުދުއްފުށީ ޤައުމީ ޔުނިވަރސިޓީގައި ކިޔަވަމުންދާ ނާރސިން ދަރިވަރުން އިސްނަގައިގެން ހަރަކާތެއް ބާއްވައިފިއެވެ. މި ގޮތުން، ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރަމުންދާ 70 ނަރުހުންނަށް އެ ދަރިވަރުންގެ ފަރާތުން ހަދިޔާއެއް ދިނެވެ. އެ ހަދިޔާއަކީ އެ ނަރުހުން ކުރަމުންދާ ޙިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި ނާރސިން ހަދަމުންދާ ދަރިވަރުންނަށް އެކިއެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ. ނާރސިން ކުދިން އެ ނަރުހުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނީ ގަލަމަކާއި އެ ނަރުހެއްގެ ނަމާއި ޙާއްޞަ މެސެޖަކާއި ކީ ޗެއިން އެއްކަން ވެސް ފާހަގަކުރަމެވެ. މި ހަރަކާތުގައި ސްޓޫޑެންޓު ޔުނިއަން [ގުރުޒު]އިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.




