މި ޕްރޮގްރާމް ބޭއްވީ 14 ޖުލައިވީ ހޮނިހިރު ދުވަހު ހދ.ކުޅުދުއްފުށީ ކެމްޕަހުގެ ގޯތިތެރޭގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ކޯސްތައް ކުރިއަށްދާނެ ގޮތުގެ ތަޢާރަފް ވަނީ ދީފައެވެ. މީގެއިތުރުން، މި ޕުރޮގްރާމްގެ ބައިވެރިންނަށް ކުޅުދުއްފުށީ ކެމްޕަހުގެ ސްޓޫޑެންޓް ޔުނިއަން ގޮފި – ގުރުޒު އިންވަނީ ހަދިޔާއަކުން މަރުޙަބާ ކިޔާފައެވެ.