ދުވަސްވަރަކީ ޑެންގީ ހުން ފެތުރުން ޢާންމުވެ، ގިނަވެފައިވާ ދުވަސްވަރަކަށް ވުމާއެކު، މިކަމަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި، ގުރުޒުންވަނީ ”ޑިޖިޓަލް ޕޯސްޓާރ ކޮމްޕެޓިޝަން“ އެއް އިންތިޒާމުކޮށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފައެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލެވުފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރުންނަށެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން 10 މޭ 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ގުރުޒުއަށް ޕޯސްޓާރ މެއިލް ކުރަންވާނެއެވެ.
ޑިޖިޓަލް ޕޯސްޓާރ ކޮމްޕެޓިޝަންގެ ޤަވާއިދުތައް ގުރުޒުގެ ރަސްމީ ވައިބަރ ގްރޫޕް، އިންސްޓަގްރާމް އަދި ފޭސްބޫކް ޕޭޖުން ފެންނަން ހުންނާނެއެވެ. ހަމައެހެންމެ މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ގުރުޒުއަށް މެއިލް ކުރެއްވޭނެއެވެ.
މި މުބާރާތުގައި ގިނަ ދަރިވަރުންތަކެއް ބައިވެރިވެ، ވާދަކޮށް، ވަނަތައް ހޯދާނެކަމަށް ގުރުޒުން އުންމީދުކުރެއެވެ.





