ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި ގުރުޒުން، ”ނޯ ބޭގް ޑޭ“ އެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
ސެޕްޓެމްބަރ 27 ވީ އާދީއްތަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ބޭއްވުނު މި އިވެންޓަކީ ކެމްޕަހުގެ ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުނު އިވެންޓެކެވެ.
ދަބަހުގެ ބަދަލުގައި ތަފާތު އެހެން އައިޓަމެއް ގެންނަ ގޮތަށް ކުރިއަށް ގެންދިޔަ މި އިވެންޓުގައި ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވެއެވެ. ”ނޯ ބޭގް ޑޭ“ ގައި ދަރިވަރުން ގެނެސްފައިވާ ބައެއް ތަކެތީގެ ތެރޭގައި ކުޑަކުދިން ކުޅޭ ސާމާނު، ވަށިގަނޑު، ކޮނޑު، ތޮފި، އަދި ޑަބިޔާ ފަދަ ތަކެތި ހިމެނެއެވެ.
މި އިވެންޓަކީ ގިނަ ދަރިވަރުންތަކެއްގެ އުފެއްދުންތެރިކަން ފެނިގެން ދިޔަ އިވެންޓެކެވެ. އަދި ގިނަ ދަރިވަރުންތަކެއްގެ އެއްބާރުލުން ލިބުންކަން ގުރުޒުން ވަރަށް އުފަލާއެކު ފާހަގަ ކުރަމެވެ.






