ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ)، ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް) އަދި ސްކޫލް އޮފް ނާރސިން (އެސް.އެން)އަށް 2024 ވަނަ އަހަރުގެ ދެވަނަ ޓަރމަށް އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ”ފްރެޝާރސް ނައިޓް“ ނިމިދިޔަ ބުރާސްފަތި ދުވަހު ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އެފް.އެޗް.އެސް/އެސް.އެން ކޮންފަރެންސް ހޯލްގައި، އެފް.އޭގެ ގޮފި ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސް (ސިއާ)، އެފް.އެޗް.އެސްގެ ގޮފި ހީލާރސް އަދި އެސް.އެންގެ ގޮފި ނިއަރެސް ގުޅިގެން ބޭއްވި މި ހަރަކާތުގައި ތިން ފެކަލްޓީގެ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގައި ޔޫނިއަންގެ މެމްބަރުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި އިސްވާރުން ވަނީ ތަޢާރަފްވެފައެވެ. އަދި ތަފާތު ގިނަ ކުޅިވަރުތަކާއެކު އެހެނިހެން ހަރަކާތްތަކެެއްވެސް މަޖާ އެކުވެރި މާހައުލެެއްގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސިއާ، ހީލަރސް އަދި ނިއަރެސްގެ އުއްމީދަކީ މި އިވެންޓްގެ އެހީގައި ގޮފިތަކުގެ މެމްބަރުންނާއި، ގޮފިތަކުގެ އިސްވާރުންނާއި އަދި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާވެގެން ދިޔުމެވެ.






