Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ގޮފިތައް މެޑިކޯސް

ރިޕޯޓް: 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި މެޑިކޯސްއިން ހިންގި ހަރަކާތްތަކުގެ ކާމިޔާބީ!

މެޑިކޯސް by މެޑިކޯސް
2024-07-14
in މެޑިކޯސް, ގޮފިތަކުގެ ރިޕޯޓްތައް
ރިޕޯޓް: 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި މެޑިކޯސްއިން ހިންގި ހަރަކާތްތަކުގެ ކާމިޔާބީ!

 

ތަޢާރަފް

އެންމެހާ ޙަމްދު ޘަނާއާއި ތަޢުރީފް ހައްގުވެގެންވަނީ ﷲ ގެ މަގުގައި ގަދައަޅާ މަސައްކަތްކުރާ އަޅުންނަށް ކާމިޔާބު ދެއްވާ ރަޙްމާންވަންތަ ރަޙީމްވަންތަ الله ސުބްހާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ ދުނިޔެވީ މިދަތުރުގައި ކާމިޔާބުގެ އަހުލުވެރިއަކަށްވުމަށް، ދަތުރުކުރަންވީ ހެޔޮމަގުތައް ދަސްކޮށްދެއްވި މިއުއްމަތު މާތް ސާހިބާ މުޙައްމަދު (ޞ.ޢ.ވ) އަށެވެ. މި ޞަލަވާތާއި ސަލާމު ގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ސަހާބީން ޝާމިލު ކުރަމެވެ.

މިރިޕޯޓަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ  އެންމެ ހަގު ފެކަލްޓީ ކަމުގައިވާ، ސްކޫލް އޮފް މެޑިސިންއިން 2018 ވަނަ އަހަރު އުފަންވެގެން އައި ކޮންސޯޓިއަމް އޮފް މެޑިކަލް ސްޓޫޑެންސް-މެޑިކޯސްގެ ފަރާތުން ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ހިންގި ޙަރަކާތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. މިޙަރަކާތްތަކުގެ ތެރޭގައި މި އަހަރު މުޅިން އަލަށް ތަޢާރަފް ކުރެވުނު ގިނަ ހަރާކާތްތަކަކާއި އާންމުކޮށް ކޮންމެ އަހަރަކުވެސް މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތައް ހިމެނެއެވެ.

 

އެމް.އެން.ޔޫ.އެސް.ޔޫ- މެޑިކޯސް ހިދާޔަތު ދަރުސް ޕްރޮގްރާމް:

ރަމަޟާން މަހާއި ދިމާކޮށް ދަރިވަރުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި މިއަހަރު މެޑިކޯސްއިން އިސްނަގައިގެން ދަރިވަރުންގެ ޔޫނިއަންއައި ގުޅިގެން ވަނީ ދަރުސް ޕްރޮގްރާމްއެއް ކުރިއަށްގެންގޮސްފައެވެ. މިއީ އެމްއެންޔޫގައި ބޭއްވުނު މިފަދަ ފުރަތަމަ ހަރަކާތެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކެއްގެ ދަރިވަރުންނާއި އާންމުނަށްވެސް ހުޅުވާލެވިގެންނެވެ.  މި ޕްރޮގްރާމްގެ ދަށުން ރަމަޟާން މަހުގެ ކޮންމެ ހަފްތާއަކު އެއް ދަރުސް ކުރިއަށް ގެންދެވުނެވެ. ތަފާތު އެކި މައުޟޫތަކަށް މި ދަރުސްތަކުގައި ޝައިޚުން އިންސާފުކުރައްވާފައިވެއެވެ. ކޮންމެ ދަރުހަކަށްފަހު ބެލުންތެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައި އެ ސުވާލުތަކުގެ ޖަވާބު ވަޑައިގެންނެވި ޝައިޚުން ވަނީ ދެއްވަވާފައެވެ. މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 3 ދަރުސް ކުރިއަށްގެންދެވިފައިވެއެވެ. މި ޕްރޮގްރާމްގައި ދަރުސް ދެއްވަވާފައިވަނީ، އައްޝައިޚް މުޙައްމަދް ޣާލިބް ޝާހިދާއި، އައްޝައިޚް އާޒިމް ޚާލިދް އަދި އައްޝައިޚް މުޙައްމަދު އައްލާމް ނައީމް އެވެ.

ދަދަރުސް

އެމް.އެން.ޔޫ.އެސް.ޔޫ-މެޑިކޯސް ހިދާޔަތު ސުވާލު މުބާރާތް:

ވާދަވެރި މާހައުލެއްގައި ދީނީ ޢިލްމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މި ރަމަޟާން މަހު މެޑިކޯސް އިން ވަނީ މުޅިން އަލަށް އެމް.އެން.ޔޫ.އެސް.ޔޫ- މެޑިކޯސް ހިދާޔަތު ސުވާލު މުބާރާތުގެ ނަމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކަކަށް ހުޅުވާލައިގެން ދީނީ ސުވާލު މުބާރާތެއް ކުރިޔަށް ގެންގޮސްފައެވެ. މުބާރާތުގައި ޖުމްލަ 6 ފެކަލްޓީއަކުން ބައިވެރިވެފައިވެއެވެ. މުބާރާތް ކުރިއަށްގެންގޮސްފައިވަނީ މާރިޗު 29 އިން 30 އަށެވެ. މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ފައިނަލަށް ގޮސްފައިވަނީ އެފް.އެޗް.ޓީ.އެސް އިންނެވެ. އަދި ދެވަނަ މެޗުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސްކޫލް އޮފް މެޑިސިންގެ ޓީމެވެ. ފައިނަލުގައި މި ދެ ޓީމުން ބައްދަލުކުރި މެޗު ވަނީ ވަރަށް ވާދަވެރިކަމާއެކު ކުރިއަށްގޮސްފައެވެ. ދެގްރޫޕަކަށް ބަހާލެވިގެން ކުރިއަށްގެންދެވުނު މި މުބާރާތުގައި ބައިވެރިންނަށްވަނީ ދީނީ އެކި އެކި މައުޟޫޢުތަކުން ސުވާލުތައް ކުރިމަތިކުރެވިފައެވެ. މިގޮތުން ކީރިތި ޤުރްއާނުގެ ޢިލްމާއި، ހަދީސް ޢިލްމާއި ފިޤުހުގެ ދާއިރާއިން އެކިއެކި ސުވާލުތައް ބައިވެރިންނަސް ކުރިމަތިކުރެވިފައިވެއެވެ. މި މުބާރާތުގެ މެޗުތަކަށްވަނީ ބައިވެރިވި ފެކަލްޓީ ތަކުގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއްލިބިފައެވެ.

 

މެޑިކޯސް ނޫރުލް ޤުރްއާން ކްލާސް

ރަމަޟާން މަހަކީ ކީރިތި ޤުރްއާން ކިޔެވުމާއި އަޅުކަމުގެ މައްސަރެވެ. އެހެންކަމުން މިފަހަރުގެ ރަމަޟާން މަހު މެޑިކޯސްއިން ވަނީ ޤައުމީ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކަކަށް ހުޅުވާލައިގެން ”މެޑިކޯސް ނޫރުލް ޤުރްއާން ކްލާސް“ ގެ ނަމުގައި ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމުގެ ހަރަކާތެއް ކުރިޔަށްގެންގޮސްފައެވެ. މިކްލާސްތަކުގައި މި ދާއިރާގައި ފުންނާބު އުސް އެކިއެކި ޤާރީން ވަނީ ބައިވެރިންނަށް ގަޑިތައް ނަންގަވާދެއްވިއެވެ. މިގޮތުން ގަޑިތައް ނަގައިދެއްވަވާފައިވަނީ އަލްޤާރީ މުޙައްމަދް ސާއީ މުބާރިކް، އަލްޤާރީ ޔައީޝް މުޙައްމަދް ނިޔާޒް އަދި އަލްޤާރީ އަހުމަދް ޝުޖާއުއެވެ. ތަޖުވީދު މަގުން ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ އިތުރުން ކްލާހުގެ ބައިވެރިންނަށް ވަނީ ކިޔެވުމުގައި އަޑާއި ރާގު ގެންގުޅެންވީ ގޮތާއިބެހޭގޮތުން އަގުހުރި ފިލާވަޅުތަކެއް ފޯރުކޮށްދެވިފައެވެ.

 

މެޑިކޯސް ޓެލެގްރާމް ކުއިޒް

މެޑިކޯސް ރަމަޟާން ސުވާލުމުބާރާތަކީ ކޮންމެ އަހަރަކުވެސް މެޑިކޯސްގެ ދަރިވަރުންގެ ތެރޭގައި އޮންލައިންކޮށް ކުރިޔަށްގެންދެވޭ ކުއިޒެކެވެ. މިގޮތުން މި އަހަރުގެ މި މުބާރާތްވެސް ކުރިއަށްގެންގޮސްފައިވަނީ ’މެޑިކޯސް އެކްސްޓެންޑެޑް ޓެލެގްރާމް ގްރޫޕްގެ‘ ޒަރިއްޔާއިންނެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި ކުއިޒަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި މިކުއިޒްގެ އެންމެ ގިނަ ސުވާލު ރަނގަޅުކުރާ ދަރިވަރުންގެ ތެރެއިން ކޮންމެ ދިހަ ދުވަހަކުން ގުރުއަތުން ނެގޭ ދަރިވަރުންނަށާއި، މުޅި ރަމަޟާން މަހު އެންމެ ގިނަ ޖަވާބު ރަނގަޅުކުރި ދަރިވަރުންގެ ތެރެއިން ގުރުއަތުން ނެގުނު ދަރިވަރުންނަށް ވަނީ އިނާމު ދެވިފައެވެ.

 

ބައިވެރިވި އެހެނިހެން މުބާރާތްތަކާއި ލިބުނު ކާމިޔާބީތައް

މެޑިކޯސްއިން އިސްނަގައިގެން ހިންގުނު ހަރަކާތްތަކުގެ އިތުރުން ދަރިވަރުންގެ ޔޫނިއަންގެ އެހެނިހެން ހަރަކާތްތަކާއި އަދި ޔުނިވާސިޓީއިން ބޭރުގެ ހަރަކާތްތަކުގައިވެސް މި އަހަރު ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންވަނީ ބައިވެރިވެ، ފެކަލްޓީ ތަމްސީލުކޮށް، ގިނަގުނަ ކާމިޔާބީތައް ހޯދާފައެވެ. މިގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުޅުވާލައިގެން ބޭއްވުނު ޤުރްއާން މުބާރާތުގައި މެޑިކޯސްގެ 3 ބައިވެރިން، އެމް.އެން.ޔޫ ތަމްސީލުކޮށް ކޮށްދީފައިވެއެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ-ސިއާ މަދަހަ މުބާރާތުގައި ސްކޫލް އޮފް މެޑިސިންގެ 2 ޓީމަކުން ބައިވެރިވެ މުޅިމުބާރާތުން އެއްވަނަ ފެކަލްޓީގެ ޝަރަފްވެސް މިއަހަރު ވަނީ ހޯދާފައެވެ. މީގެ އިތުރުން އެމް.އެން.ޔޫ.އެސް،ޔޫ-އެސް.އެސް.އެލް 11 ވަނަ ޤުރުއާން މުބާރާތުގައިވެސް މި އަހަރު ވަނީ މެޑިކޯސްގެ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެ މުޅި މުބާރާތުން 3 ވަނަ ފެކަލްޓީގެ ޝަރަފް ހޯދާފައެވެ. މީގެ އިތުރުން ޝެޓްސް ކެރަމް ޓޯނަމެންޓް އާއި ބީ.އެސް.އެސް.އޭ ފީފާ ޓޯނަމެންޓްގައިވެސް މެޑިކޯސްގެ ޓީމެއް ބައިވެރިވެފައިވެއެވެ.

 

ނިންމުން

މެޑިކޯސްގެ ރަމަޟާން 1445ގެ ހަރަކާތްތައް ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކާމާއެކުއެވެ. މިހަރަކާތްތަކުގެ ސަބަބުން ރަމަޟާންމަހު ދީނީ ޝިއާރުތައް ދިރުވާ، ރަމަޟާންމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހިތްވަރުލިބިގެންދިޔަކަމަށް އަޅުގަނޑުމެން އުންމީދުކުރެމެވެ. މި ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލެވިފައިމިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި ދީލަތި އެހީތެރިކަމާއެކުގައިކަން ކަށަވަރެވެ. އެހެންކަމުން މި ފުރުސަތުގައި މި ހުރިހާފަރާތްތަކަށް އިޖުމާލީގޮތެއްގައި ޝުކުރުދަންނަވަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ކުރިޔަށް އޮތް ދުވަސްތަކަކީ އަދަށް ވުރެ ފާގަތި ކާމިޔާބު ދުވަސްތަކެއް ކަމުގައި ލެއްވުމެވެ. މެޑިކޯސް އަދި ދަރިވަރުންގެ ޔޫނިއަންއަށް އަދަށް ވުރެން ފެހި ފާގަތި މާދަމާއެއް މިންވަރު ކުރެއްވުމެވެ. އާމީން!

 

މެޑިކޯސް

މެޑިކޯސް

މެޑިކޯސް އަކީ އެމް.އެން.ޔޫ ސްކޫލް އޮފް މެޑިސިންގައި ޤާއިމުކުރެވިފައިވާ ގޮފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ޔޫނިއަންގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ޔުނިވަރސިޓީ ކައުންސިލުން ފާސްކޮށްފި

ޔޫނިއަންގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ޔުނިވަރސިޓީ ކައުންސިލުން ފާސްކޮށްފި

2025-12-10
2025ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ބީ.އެސް.އެސް.އޭ، އަތޮޅުތެރެއިން އެއްވަނަ ނޭކައާއި ގުރުޒަށް

2025ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ބީ.އެސް.އެސް.އޭ، އަތޮޅުތެރެއިން އެއްވަނަ ނޭކައާއި ގުރުޒަށް

2025-12-06
ދަރިވަރުންގެ ޔޫނިއަންގެ އިޖުތިމާޢީ ޚިދުމަތުގެ އިނާމު 27 ފަރާތަކަށް

ދަރިވަރުންގެ ޔޫނިއަންގެ އިޖުތިމާޢީ ޚިދުމަތުގެ އިނާމު 27 ފަރާތަކަށް

2025-12-06
ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު ޝަފީޢު އަދި އަޒްމީއަށް

ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު ޝަފީޢު އަދި އަޒްމީއަށް

2025-12-06
އެންމެ މުހިންމީ އުނގެނުމާއެކު އިތުރު ޙަރަކާތްތައް ބެލެންސްކުރުން: ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް

އެންމެ މުހިންމީ އުނގެނުމާއެކު އިތުރު ޙަރަކާތްތައް ބެލެންސްކުރުން: ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް

2025-12-06
ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

2025-12-06
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab