ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގައި ޤާއިމުކޮށްފައިވާ ގޮފި، ނޭކައިގެ އައު ހިންގާ ކޮމިޓީ އިފްތިތާހުކޮށްފިއެވެ.
މިކަމަށް ޚާއްސަކޮށް ތިނަދޫ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިންގާ ކޮމިޓީ އިފްތިތާހުކުރީ މާރިޗު 10 ވީ ހުކުރުދުވަހުގެ ރެޔެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ތިނަދޫ ކެމްޕަސް މެނޭޖަރ މުޙައްމަދު ޝަމީމް އާދަމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނޭކައިގެ އައު ރައީސް ވަނީ ދަރިވަރުންގެ ކިބައިން ހިންގާކޮމިޓީއަށް އެއްބާރުލުން ދެއްވުމަށް އެދިލައްވާފައެވެ.
މިފަހަރު މި އިފްތިތާހު ކުރެވުނީ ނޭކައިގެ 5 ވަނަ ދައުރެވެ. ނޭކަ އުފެދިފައިވަނީ 2018 ވަނަ އަހަރެވެ.





