ޝެޓްސް ލީޑަރސް ސިކްސް ސެންސެސް ލާމަށް ޒިޔާރަތް ކޮށްފިއެވެ. މިދަތުރަކީ ޝެޓްސް ލީޑަރސް ޓްރިޕް ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މިގޮތުން ޝެޓްސް ލީޑަރސް ސިކްސް ސެންސެސް ލާމަށް ފުރާފައިވަނީ ޖުލައި 19 ވަނަ ދުވަހު 14:00 ގައެވެ. މިދަތުރުގައި ޝެޓްސް ލީޑަރސް ޓްރިޕްގެ 14 ބައިވެރިންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ގެ ނައިބު ރައީސް (އަމަލީ)، ހަސަން ޝާހް ވަނީ ބައިވެރިވެފައެވެ.
މިދަތުރު ކުރިއަށް ގެންގޮސްފައިވައީ ސިކްސް ސެންސެސް ލާމުގެ ފަރާތުން ”ޓުއަރ“ އެއްގެ ގޮތުގައެވެ. މިގޮތުން މިދަތުރުގައި ރިސޯޓު ފަރާތުން ބައިވެރިންނާއި ހަވާލުވެހުންނެވީ އެޑިޔުކޭޝަން އެންޑް ކޮމިޔުނިޓީ އައުޓްރީޗް މެނޭޖަރ، އާދަމް ޠަލްހަތެވެ.
އެންމެ ފުރަތަމަ ދަރިވަރުންނަށް މަޢުލޯމާތުދެއްވީ ގެސްޓް ސަރވިސް މެނޭޖަރ ޓްރެވޯ އެވެ. ޓްރެވޯ ވަނީ ފްރޮންޓް އޮފީހެއްގައި ކުރަމުންދާނެ މަސައްކަތްތަށް ދަރިވަރުންނަށް ދައްކާލައިފައެވެ. އެއަށްފަހު ދަރިވަރުންނަށްވަނީ ރިސޯޓުގެ އެކިއެކި ވިލާތަށް ދައްކާލާފައެވެ. މީގެ އިތުރުން، ސިކްސް ސެންސެސް ލާމުގައި ”ސަސްޓެއިނަބަލް ޓޫރިޒަމް“ ހިންގުމަށް ކުރަމުންގެންދާ މަސައްކަތްތަށް ވަނީ ދަރިވަރުންނަށް ދައްކާލައިފައެވެ. މި ހަރަކާތް ދަރިވަރުންނަށް ކުރިއަށް ގެންގޮސްދެއްވީ އެސިސްޓެންޓް އެގްޒެކިއުޓިވް ހައުސްކީޕާ އައްދުއެވެ. އަދި ސިކްސް ސެންސެސް ލާމުގެ އެޗް.އަރ. ޑިޕަރޓްމެންޓް ފަރާތުން އެޗް.އަރ. މެނޭޖަރ ޞާދިގް ވަނީ ދަރިވަރުންނަށް ހިއުމަން ރިސޯސް އަދި ހޮސްޕިޓާލިޓީ އައި ބެހޭ ގޮތުން ކުޑަ ސެޝަނެއް ނަންގަވާ ދެއްވާފައެވެ. އެއަށްފަހު ރިޒަވޭޝަން އަދި ރެވެނިއު މެނޭޖަރ ޖުހޫރް ވަނީ ރިޒަވޭޝަން ޑިޕަރޓްމެންޓްގައި މަސައްކަތް ކުރަމުންގެންދާ ގޮތާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވާފައެވެ. އަދި އެންމެ ފަހު ސެޝަނެއްގެ ގޮތުގައި ސިކްސް ސެންސެސް ލާމުގެ އެފް.އެންޑް.ބީ ގެ ޑިރެކްޓަރ ކަމުގައިވާ ޖޯޖް ވަނީ ދަރިވަރުންނަށް އެފް.އެންޑް.ބީ ޑިޕަރޓްމެންޓްގައި ކުރަމުންދާނެ މަސައްކަތް ދަރިވަރުންނާ ހިއްސާކޮށް، ދަރިވަރުން ސިކްސް ސެންސެސް ލާމާއި ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
މި ”ޓުއަރ“ ނިމިގެން ދިޔައީ ސިކްސް ސެންސެސް ލާމުގެ ފަރާތުން ޕްލާސްޓިކް މަދުކުރުމަށް ކުރަމުންދާ މަސައްކަތާއި ޝެޓްސް އިން މިއަހަރު ފަށައިފައިވާ ”އެފް.އެޗް.ޓީ.އެސް އެގެއިސްޓް ސިންގަލް ޔޫސް ޕްލާސްޓިކް“ މި ކެންޕެއިންނާ ބެހޭގޮތުން ވާހަކަ ދެކެވިގެންނެވެ.
ޝެޓްސް އިން ކުރި މިދަތުރު ކާމިޔާބު ހަރަކާތަކަށްވީ ސިކްސް ސެންސެސް ލާމުގެ މެނޭޖްމެންޓުގެ ފުރިހަމަ އެއްބާރުލުމާއެކުގައެވެ. ޚާއްސަކޮށް، އެޑިޔުކޭޝަން އެންޑް ކޮމިޔުނިޓީ އައުޓްރީޗް މެނޭޖަރ، އާދަމް ޠަލްހަތުގެ އެއްބާރުލުން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، މިދަތުރު ހަމަޖައްސައިދިނުމަށް އެފް.އެޗް.ޓީ.އެސް ގެ އޯ.އާރ.ސީ ކޯޑިނޭޓަރ، ހުސައިން ސަބާހު ކޮށްދެއްވި މަސައްކަތް ފާހަގަކޮށްލެވެއެވެ.