ސޮސައިޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (ޝެޓްސް)ގެ ހިންގާ ކޮމެޓީއަށް އަލަށް ހޮވުނު މެންބަރުން، އެޑްވާންސް ސެޓްފިކެޓް، ސެޓްފިކެޓް ތިނެއް އަދި އިންޓަނޭޝަނަލް ޓޫރިޒަމް މެނޭޖްމެންޓް ޑިގްރީ ފުރަތަމަ ސެމިސްޓަރގެ ކުލާސްރޫމް ތަކަށް ގޮސް ދަރިވަރުންނާ ބައްދަލު ކޮށްފިއެވެ.
ޝެޓްސްގެ ހިންގާ ކޮމެޓީ އިން ދަރިވަރުންނާ ބައްދަލުކޮށްފައިވަަނީ، މިހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ”ޝެޓްސް އިނީޝިއޭޓިވް ގުރޫޕް“ އަށް އައު މެންބަރުން އިތުރުކުރުމާއި ޝެޓްސްގެ ވެލްކަމް ނައިޓްގައި ބައިވެރި ނުވެވުނު ދަރިވަރުންނާ ބައްދަލުކޮށް އެ ދަރިވަރުންނަށް ޝެޓްސްއާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރުމެވެ.