ސޮސައިޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް) އިން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)ގެ ދާރިސުންނާ (ލެކްޗަރަރއިންނާ) ބައްދަލުކޮށްފިއެވެ.
ފެބުރުވަރީ 28 ވީ ހޯމަދުވަހުގެ މެންދުރުފަހު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޝެޓްސް އިން ކުރިއަށް ގެންދާނެ ހަރަކާތްތަކާ މެދުގައެވެ. ޚާއްޞަގޮތެއްގައި ރަމަޟާންމަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ”ސުފުރާމަތި“ ޕްރޮގްރާމާމެދު ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން ދުރާލާ ހަރަކާތްތައް ރޭވުމަށްޓަކައި އެފް.އެޗް.ޓީ.އެސްގެ ކަލަންޑަރ ވަނީ ޝެޓްސްގެ ހިންގާ ކޮމިޓީ މެންބަރުންނާ ހިއްސާކުރެވިފައެވެ.
މިފަދަ ބައްދަލުވުންތަކުގެ ބޭނުމަކީ ޝެޓްސް އާއި ފެކަލްޓީގެ މެނޭޖްމަންޓް އަދި މުވައްޒަފުންނާ ދެމެދު ޚިޔާލު ބަދަލުކުރެވި ކަންކަމުގައި މަޝްވަރާކުރުމެވެ.





