ޝެޓްސް އިން އިސްނަގައިގެން އެފް.އެޗް.ޓީ.އެސް އަށް އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަކޮށް ބާއްވާ ވެލްކަމް ނައިޓް މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެރޭ އެމް.އެން.ޔޫ ގެ އެފް.އީ ޕީއީ ހޯލްގައި ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.
މި ޓާރމުގައި އެފް.އެޗް.ޓީ.އެސް ގެ ކޯސްތަކަށް 150 އަށް ވުރެ ގިނަ ދަރިވަރުން އަލަށް ގުޅިފައިވާއިރު، ވެލްކަމްނައިޓަކީ ކޮންމެ ޓާރމެއްގައިވެސް އަލަށް ކޯސްތަކާ ގުޅޭ ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މީގެ އިތުރުންވެސް ޝެޓްސްގެ އިސްވާރުން ގޮތުގައި އަލަށް ހަރަކާތްތެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެލްކަމް ނައިޓުގައި ލިބިގެން ދާނެއެވެ.
ވެލްކަމްނައިޓާއެކު ޝެޓްސްގެ މި އަހަރުގެ ހަރަކާތްތައް ފެށިގެންދާއިރު ޝެޓްސް އިންވަނީ މި އަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމައިފައެވެ. އެގޮތުން މި މަހުގެ 22 ވަނަ ދުވަހު ޝެޓްސް އަށް އަލަށް ގުޅޭ އިސްވާރުންނަށް ލީޑާސް މީޓިންގ ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވާއިރު، މި މަހުގެ 25 ވަނަ ދުވަހު، ޝެޓްސްގެ މި ޓާރމުގެ ނިއު ލީޑާސް ޓްރިޕް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުވެސް ޝެޓްސްގެ އަމާޒަކީ ނިމިދިޔަ އަހަރު ތަކުގެ ޝެޓްސްގެ ކާމިޔާބީތައް ތަކުރާރު ކޮށް އިތުރު ކާމިޔާބުތައް ހޯދުމެވެ. ޝެޓްސް އަކީ 2022 ވަނަ އަހަރު ދަރިވަރުންގެ ޔޫނިއަންގެ އެންމެ ހަރަކާތްތެރި ގޮތްޕެވެ.





