ޝެޓްސްއަށް އަލަށް ގުޅުނު އިސްވާރުންނަށް ހާއްސަކޮށް، ޝެޓްސްގެ މި ޓާމުގެ ނިއު ލީޑާސް ޓްރިޕް ގޮސްފިއެވެ. 25 ފެބްރުއަރީ ވީ ހޮނިހިރު ދުވަހު ވިލިމާލެއަށް ކުރި މި ދަތުރުގައި ޝެޓްސްގެ 47 އިސްވާރުން ވަނީ ބައިވެރިވެފައެވެ.
މި ދަތުރަކީ ޝެޓްސްއަށް އަލަށް ގުޅުނު އިސްވާރުންނާއި، ޝެޓްސްގައި ނިމިދިޔަ އަހަރު ތަކުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ އިސްވާރުންގެ މެދުގައި ގުޅުން ބަދަހި ކޮށް އެއްބައިވަންތަ ކަން އާލާ ކުރުމަށް ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ.
ގިނަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެވުނު މި ދަތުރު ކާމިޔާބުކަމާއެކު ނިންމާލެވުނު އިރު ކުރިޔަށް ހުރި ހަރަކާތްތަކުގައި ޝެޓްސްގެ ގިނަ އިސްވާރުން ބަދަހި ގުޅުމަކާއެކު ފެންނާނެކަމަށް އުއްމީދުކުރެވެއެވެ.
ޝެޓްސް އަށް އަލަށް ގުޅުނު އިސްވާރުންނާއެކު ޝެޓްސްގެ އިސްވާރުންގެ ޓީމް އިތުރަށް ވަރުގަދަވެފައިވާއިރު މި ދަތުރަކީ، ފަހުގެ ތާރީހެއްގައި ޝެޓްސް ގެ އެންމެ ގިނަ އިސްވާރުން ބައިވެރިވި ދަތުރެވެ.





