2023 ވަނަ އަހަރުގެ ދެވަނަ ޓަރމުގައި ޝެޓްސް އަށް އަލަށް ގުޅުނު އިސްވާރުންނަށް ހާއްސަކޮށް، ޝެޓްސްގެ މިޓާމުގެ ފުރަތަމަ ލީޑަރސް މީޓިން ކުރިޔަށް ގެންގޮސްފިއެވެ. 31 އޯގަސްޓް 2023 ވީ ބުރާސްފަތި ދުވަހުގެރޭ، އެފް.އެޗް.ޓީ.އެސްގައި، ބޭއްވި މި ބައްދަލުވުމުގައި ޝެޓްސްއާ އަލަށް ގުޅުނު 25 ށް ވުރެ ގިނަ އިސްވާރުންގެ އިތުރަށް ޝެޓްސްގެ އިސްވާރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ އިސްވާރުންނާއި، ޝެޓްސްގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އެކު ޖުމުލަ 40 ށް ވުރެ ގިނަ މެމްބަރުން ވަނީ ބައިވެރި ވެފައެވެ.
މި ބައްދަލުވުމަކީ ޝެޓްސްއާ އަލަށް ގުޅުނު އިސްވާރުންނަށް ޝެޓްސްއާ ގުޅޭ މުހިންމު މައުލޫމާތުތައް ފޯރު ކޮށްދިނުމުގެ އިތުރަށް، ޝެޓްސް އިން މި ޓާރމުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރުމަށް، ޝެޓްސްގެ ހިންގާ ކޮމެޓީން ރާވާ އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދެވުނު ބައްްދަލުވުމެކެވެ. އަދި މީގެ އިތުރަށްވެސް ނިމިދިޔަ 2022 ވަނަ އަހަރު އަދި 2023 ވަނަ އަހަރުގެ ފުރަތަމަ ޓަރމް ޝެޓްސް އިން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލައި ތައްޔާރު ކޮށްފައިވާ ވީޑިއޯ ރިޕޯޓް ޝެޓްސްގެ އިސްވާރުންނާ ވަނީ ހިއްސާ ކޮށްފައެވެ.
އަލަށް ގުޅުނު އިސްވާރުންނާއެކު ޝެޓްސްގެ އިސްވާރުންގެ ޓީމު އިތުރަށް ވަރުގަދަ ވެފައި ވާއިރު ޝެޓްސްގެ މި ޓަރމުގެވެސް އަމާޒަކީ އަލަށް ގުޅުނު އިސްވާރުންނާއެކު ގިނަ ކަންކަން ރާވާ ހިންގުމެވެ. މިގޮތުން ޝެޓްސްގެ ނިއު ލީޑަރސް ޓްރިޕް، ސެޕްޓެމްބަރ 2 ވަނަ ދުވަހު ދިޔުމަށް ވަނީ ހަމަ ޖެހިފައެވެ.





