ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ (އެމް.އެން.ޔޫ.އެސް.ޔޫ) ގޮފި ’ސިއާ’ގެ ހުސްވެފައިވާ މީޑިއާ ކޯޑިނޭޓަރގެ މަޤާމަށް ރުޤިއްޔާ ޝަޖަން ހޮވިއްޖެއެވެ.
ސިއާ ގެ މީޑިއާ ކޯޑިނޭޓަރގެ މަޤާމަށް ޝަޖަން ހޮވިފައިވަނީ، ކުރިން އެމަޤާމުގައި ހުރި ޢާސިމާ ނިޒާރު އެ މަޤާމުން އިސްތިޢުފާ ދިނުމުންނެވެ.
ސިއާ ގެ މިހާރުގެ ހިންގާ ކޮމެޓީގެ މެމްބަރުންނަކީ:
- ރައީސާ – ޢާއިޝަތު އުމައިރާ
- ނައިބުރައީސާ (ޢިލްމީ) – ޒުހުރާ އިސްމާޢިލް
- ނައިބުރައީސް (ޢަމަލީ) – އަޙްމަދު ޝުނޫން
- މީޑިއާ ކޯޑިނޭޓަރ – ރުޤިއްޔާ ޝަޖަން
- ހަޒާންދާރު – ރުޤިއްޔާ ރިމާނާ
- ސެކްރެޓަރީ – ޢާއިޝަތު އިބްރާހިމް
ފެކަލްޓީ އޮފް އާރޓްސްގައި ޖާނަލިޒްމް ކިޔަވައިދެމުން ދާއިރު، ސިއާގެ މީޑިއާ ކޯޑިނޭޓަރެއްގެ މަޤާމުގައި އަބަދުވެސް ހުންނަނީ މި ކޯހުގެ ދަރިވަރެއްކަން ފާހަގަކުރަމެވެ.
ލިޔުނީ: ރުޤިއްޔާ ރިމާނާ، ޙަޒާންދާރު، ސިއާ






