ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔެވުން ޙާސިލު ކުރަމުންދާ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް، ސިއާ އިން އިންސްޓަގްރާމް ފޮޓޯ ޗެލެންޖެއް ހުޅުވާލައިފިއެވެ.
ފޮޓޯ ނެގުމުގެ ދާއިރާއިން ދަރިވަރުންނާއި ލެކްޗަރަރ އިން އަދި ސްޓާފުންގެ ހުރި ހުނަރުތައް ފާހަގަ ކުރުމުގެ މަޤްސަދުގައި ހުޅުވާލި މި މުބާރާތުގެ ތީމަކީ ”ޔުނިވަރސިޓީ ލައިފް“ އެވެ. މި މުބާރާތުގެ އެންމެ މޮޅު ފޮޓޯ ހޮވަން ހަމަޖެހިފައިވަނީ %50 އެ ފޮޓޯ އަކަށް ލިބޭ ލައިކްސް އާއި ޖަޖުންގެ %50 މާރކުހުންނެވެ. އެންމެ މޮޅު ފޮޓޯއެއް ލާ ފަރާތަކަށް ދޭން ހަމަޖެހިފައިވަނީ ޕާޓީ ޕިއްޒާއެކެވެ.
27 އޮކްޓޯބަރ 2018ވާ ހޮނިހިރު ދުވަހުގެ 00:00 އަށް ހަމަވާ މި ފޮޓޯ ޗެލެންޖަށް ފޮޓޯ ލާން ޖެހެނީ ހޭޝް ޓެގް SiaPhotoChallenge2018 ޖެހުމަށްފަހުއެވެ. މި ފޮޓޯ ޗެލެންޖުގެ ޖަޖުންނަކީ ފެކަލްޓީ އޮފް އާރޓްސްގެ ދެ ލެކްޗަރަރ އިން ކަމަށްވާ ޝަމްޢާން ސަރ، ޒަކީ ސަރ އަދި ސިއާގެ އައު މީޑިއާ ކޯޑިނޭޓަރ ނަޒީމް އެވެ.
ލިޔުނީ: އަޙްމަދު ޝައްފާޒު، ނައިބު ރައީސް (ޢަމަލީ)، ސިއާ