ފަންޑުރައިޒިންގ ޕްރޮގްރާމެއް ސިއާ އިން ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ހެނދުނާއި މެންދުރު ކުރިއަށް ގެންދިޔަ މިހަރަކާތް ބާއްވާފައިވަނީ ފެކަލްޓޯ އޮފް އެޑިޔުކޭޝަންގެ ބެންޗް އޭރިއާގައެވެ. މި ހަރަކާތުގައި ސިއާ އިން ވަނީ ދިވެހިނަށް އެންމެ މީރު މަސްހުންޔާއި ރޮށި، ކެއްކި ބިސް، ސޮސެޖް އަދި ކަޅު ސަޔާއެކު ފެން ވިއްކާފައެވެ. މަސްހުނި ޕެކޭޖެއް ވިއަކާފައިވަނީ 25 ރުފިޔާއަށެވެ. އޭގައި ހިމެނެނީ މަސްހުންޔާ 3 ރޮއްޓާ، ބިހަކާއި އަދި ކަޅު ސަޔެވެ. އެންމެ ގިނަމީހުން މި ޕެކޭޖް އެއްކޮން ނަގާފައިވާއިރު ވަކިން 5 ރުފިޔާއަށް ސޮސެޖު، 3 ރުފިޔާއަށް ބިސް އަދި 5 ރުފިޔާ އަށް ފެންފުޅިވެސް ވަނީ ގަނެފައެވެ.


މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އަބުސީ ސަރ ގެ ފެއަރވެލް ބޭއްވުމަށް ފަންޑުރައިޒް ކުރުމާއި ސިއާ އިން ކުރިއަށް ހިންގަން ހަމަޖެހިފައިވާ ހަރަކާތްތަކަށް ވެސް ފަންޑުރައިޒް ކުރުމެވެ.
މި ހަރަކާތައް އެމް.އެން.ޔޫ ގެ ދަރިވަރުންނާއި ސްޓާފުންގެ ފަރާތުން ރަނގަޅު ތަރުޙީބެއް ލިބިފައިވެއެވެ.
ލިޔުނީ: ރުޤިއްޔާ ރިމާނާ، ޙަޒާންދާރު، ސިއާ