1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޚާއްސަ ޕްރޮގްރާމެއްގެ ގޮތުގައި ”އަ ޙަދީޘް“ ކިޔާ ޕްރޮގްރާމެއް ސިއާ އިން ފަށައިފިއެވެ.
މިއީ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައި ވެސް، ކީރިތި މާތް ނަބިއްޔާ ގެ ޞައްޙަ ޙަދީޘް ތަކުގެ ތެރެއިން ޙަދީޘް އެއް ފޭސްބުކްގައި ޝެއަރ ކުރުމަށްޓަކައި ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި މާތް މައްސަރުގައި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މި ޙަދީޘްތައް ގިނަގިނައިން ފެންނަވަރަކަށް އެކަންކަން ހަނދާން އާވެ ރަސޫލާގެ ސުންނަތުގައި ވާރިދުވެފައިވާ ގޮތާއި އެއްގޮތަށް ޢަމަލުކުރުމަށް މަސައްކަތް ކުރެވޭނެއެވެ.
މި ޕްރޮގްރާމްގައި ހުރިހާ ޙަދީޘް އެއްވެސް އަދާހަމަ ކުރެވެމުން ދާނީ އިނގިރޭސިންނެވެ. އާއްމުނަށް ފެންނަ ޕޭޖެއްގައި އިނގިރޭސިން މި ޙަދީޘްތައް އަދާހަމަކުރުމަށް ނިންމީ ފޭސްބުކް ބޭނުން ކުރަމުންދާ ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް ކިޔަން އެނގޭނެ ގޮތައް އެކަން ކުރުމަށްޓަކައިއެވެ. އަދި ހަމަ އެހެންމެ ޣައިރު މުސްލިމަކަށްވެސް އެ ފެނުމުން ކިޔަން އެނގޭނެ ގޮތައް ހެދުމަށްޓަކައިއެވެ. ރަސޫލާގެ ރިވެތި ޚުލްޤްފުޅު އެ ޙަދީޘްތަކުން އެނގި އެންމެ މީހަކުވެސް މުސްލިމް ވެއްޖެއްޔާ ކިހާ ރަނގަޅު ހެއްޔެވެ؟!
ރަމަޟާން މަހުގެ ކުރިން ސިއާ އާއި ޝެޓްސް ގުޅިގެން ދިވެހިންގެ ޘަޤާފީ މާހެފުމެއް، އެފް.އޭ އާއި އެފް.އެޗް.ޓީ.އެސް ގެ ދަރިވަރުންނަށް ވަނީ ބޭއްވިފައެވެ.
ލިޔުނީ: އަޙްމަދު ޝައްފާޒު
ރައީސް
ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް