Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ގޮފިތައް ސިއާ

ސިއާ ޕެއިންޓް ކޮމްޕެޓިޝަން 2019 އަށް ކުރެހުމެއް ހުށައެއްނާޅާނަންތަ؟

ސިއާ by ސިއާ
2019-10-05
in ސިއާ

އެމް.އެން.ޔޫ.އެސް.ޔޫގެ ވިންގުތަކުގެ ތެރެއިން ފެކަލްޓީ އޮފް އާރޓްސްގެ ވިންގު، ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް (ސިއާ) އިން ޕެއިންޓް ކޮމްޕެޓިޝަން 2019، ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

ފެކަލްޓީ އޮފް އާރޓްސްގެ ކުއްޖެކޭ ބުނީމަ، އަދިވެސް ގިނަ ދިވެހިން ހިތައް އަރަނީ އެއީ ކުރަހަން ދަސްކުރާ ކޯހެއްގައި ބައިވެރިވެގެން އުޅޭ ކުއްޖަކު ކަމަށެވެ. ކަން ވާނީ ވެސް އެހެންތާއެވެ. އެންމެ ކުޑައިރުއްސުރެ މި އަޑު އިވޭ ”އާރޓް“ އެނގިފައި އޮންނަނީ އެއީ ހަމަ އެކަނި ކުރަހާ ކުރެހުންތަކެއްގެ މާނައިގައިވެއެވެ. ދިވެހި ބަހާއި އިނގިރޭސިބަހާ އަދި މިނޫންވެސް ބަސްތައް ދަސްކުރުމަކީ ވެސް ފެކަލްޓީ އޮފް އާރޓްސްގައި އޮންނަ ކޯހެއް ކަމެއް ނޭނގެއެވެ. ޕޮލިޓިކަލް ސައިންސް ކިޔަވައިގެން ޤައުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ނުވަތަ ސިޔާސީ ކަންކަމުގައި މޮޅުވާނެކަން ޤަބޫލު ކުރެވުނަސް، އެއީ ފެކަލްޓީ އޮފް އާރޓްސް އިން ކިޔަވައިދޭ ފަންނެއްކަން އެނގެނީ ވަރަށް މަދު މީހަކަށެވެ. ނޫސްވެރިންނަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމުގައި އެއްމެންނަށް ޤަބޫލު ކުރެވުނަސް، ޖާރނަލިޒްމްގެ ހުނަރުތަށް އުނގަންނައިދެނީ ހަމަ މި ފެކަލްޓީން ކަން އެނގެނީ އެދާއިރާގެ މީހުންނަށް އެކަންޏޭވެސް ބުނެވިދާނެއެވެ. ލައިބްރަރޭރިއަން އަކަށް ވާން ބޭނުންވެގެން އުޅޭ ކުއްޖަކަށްވެސް އެ ކޯސް އޮތީ ފެކަލްޓީ އޮފް އާރޓްސް ގައި ކަން ގިނަފަހަރަށް އެނގެނީ، އެމް.އެން.ޔޫގެ ހުރިހާ ކޯސްތަކެއް ލިޔެފައިވާ ފޮތް ހުޅުވާލާފައި ބަލާލުމުންނެވެ. އެހެން ނަމަވެސް ”ވިޝުއަލް އާރޓްސް“ އޭ ބުނުމުން އެއީ ހަމަޔަޤީނުންވެސް ފެކަލްޓީ އޮފް އާރޓްސް ގައި ކިޔަވައިދޭނެ ކޯހެއްކަން އެންމެނަށްވެސް އެނގޭނެއެވެ. އެއީ އެންމެންނަށްވެސް ޝައްކެއް ނުވާނެ ވަރުގެ ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) ގެ މުޖައްރިބު ކޯހެކެވެ.

އެފް.އޭ އަކީ ކުރެހުމުގެ ކޯސްތަކެއް ހިންގާނެ ފެކަލްޓީ ކަން އެންމެން ވެސް ޝައްކެއްނެތި ޤަބޫލު ކުރާއިރު، އެމް.އެން.ޔޫގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ’ޕެއިންޓް ކޮމްޕެޓިޝަން‘ އެއް ބޭއްވުމަކީ، މި ފެކަލްޓީ އަށް ނިސްބަތްވާ ދަރިވަރުންގެ ވިންގުން ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއްކަމުގައި ބެލެވިދާނެއެވެ. އެގޮތުން، މީގެ ފަހުން ކޮންމެ އަހަރަކުވެސް ’ސިއާ‘ އިން ޕެއިންޓް ކޮމްޕެޓިޝަން އެއް ބޭއްވުމުގެ ނިޔަތުގައި ’ސިއާ ޕެއިންޓް ކޮމްޕެޓިޝަން 2019‘ ނަމުގައި ކުރެހުމުގެ މުބާރާތެއް، ވަނީ ހުޅުވާލެވިފައެވެ. އިއްޔެގެ ވަގުތެއްގައި، އެމް.އެން.ޔޫގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތައް އިޢުލާންކޮށް ހުޅުވާލެވިފައިވަނީ، ކުރެހުމަށް މޮޅު ކުދިން ތިބޭނީ ހަމައެކަނި ”ވިޝުއަލް އާރޓް“ގައި އެކަނި ނޫންކަމުގައި ވާނެތީއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެންމެ ފުރަތަމަ (12 އޮކްޓޯބަރ 2019ގެ ކުރިން) ކުރަންޖެހޭ ކަމަކީ، ބައިވެރިވާން ބޭނުންވާ ދަރިވަރަކު، އެ ދަރިވަރެއްގެ އައި.ޑީ ކާޑުގެ ކޮޕީއަކާއެކު އެ ދަރިވަރެއްގެ ސްޓޫޑެންޓް އައިޑީ ނަންބަރު sia.mnu.studentunion@gmail.com އަށް މެއިލް ކޮއްލުން ނުވަތަ ސިއާގެ މީޑިއާ ކޯޑިނޭޓަރު މުޙައްމަދު ޝަރުވާން (ފޯން: 9742552) އަށް އެ މަޢުލޫމާތުތައް ވައިބަރ ކޮއްލުމެވެ. އޭގެ ފަހުގައި މުބާރާތުގައި ބައިވެރިވުމަށް ނަން ހުށަހަޅާ ހުރިހާ ފަރާތްތަކާއި ބައްދަލުކޮށް ކުރެހުން ހުށަހަޅަންވީ ގޮތުގެ މަޢުލޫމާތު، މުބާރާތުގެ ޖަޖުން ދެއްވާނެއެވެ. އެއައްފަހު ކުރެހުން ހުށަހަޅަން މި ޖެހެނީ މި މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

ގާތްގަނޑަކަށް އެއްމަސް ދުވަހުގެ ބޮޑު ވަގުތެއް ކުރެހުން ހުށަހަޅަން ލިބޭ އިރު، ކުރެހުންތައް ކުރެހުމަށް ކަނޑައަޅާފައިވާ ތީމަކީ ’ނަޞްރުގެ ދުވަސް (ވިކްޓަރީ ޑޭ)‘ އެވެ. މި ތީމުގެ މައްޗަށް ބިނާކޮށް ކުރަހާ ކުރެހުން ހުށަހަޅަން ޖެހެނީ އެ ކުރެހުން ’ފްރޭމް’ކޮށް ’މައުންޓް‘ ކުރުމަށްފަހު އެފް.އޭގެ އޮފީހަށެވެ. އެއީ އެފް.އެޗް.ޓީ.އެސް އިމާރާތުގެ ހަވަނަ ފަންގިފިލާއެވެ. ފަންސުރުން، ފަންސުރު ކުލައިން އަދި ޤަލަމުން އެއްވެސް ކުރެހުމެއް ކުރަހާފައި މި މުބާރާތަށް ހުށައެއްނޭޅޭނެއެވެ. ކޮންމެވެސް ކަހަލަ ޕެއިންޓަކުން ކެންވަސް އެއްގައި ނުވަތަ ގަނޑެއްގައި ކުރަހާފައި ކުރެހުންތައް ހުށަހެޅޭނެއެވެ. ބިއްލޫރި، ފިލާ ނުވަތަ ކޮންމެ ކަހަލަ ’ފްލެޓް ސަރފޭސް‘ އެއްގައި ކުރެހުމަށްފަހު ކުރެހުން ހުށަހެޅޭނެއެވެ. އެހެންނަމަވެސް، ޕެއިންޓް ތަކުގެ ސައިޒް ހުންނަންވާނީ، 40 × 30 އާއި 120 × 90 ސެންޓިމީޓަރު ނުވަތަ އެ ދެމެދުގައި އެވެ.

މި މުބާރާތަށް ހުށަހަޅާ ކުރެހުންތަކުގެ އެގްޒިބިޝަން އެއް އާއްމުނަށް ހުޅުވާލައިގެން ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ކުރެހުންތަކަށް އިންސާފު ކޮށްދެއްވާނީ މި ފަންނުގައި އެތަކެއް ކުރިއެރުމަކާއި ތަޖުރިބާ ހޯދާފައިވާ ޤާބިލު ފަރާތްތަކުންނެވެ. މުބާރާތުގެ އެންމެމޮޅު ކުރެހުމަކަށް ހޮވޭ ކުރެހުން ކުރަހާ ފަރާތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ. އަދި އެންމެ މޮޅު 3 ކުރެހުން ވެސް ހޮވޭނެއެވެ.

މި ޕެއިންޓް ކޮމްޕެޓިޝަން އަކީ މި މަހުގެ 25 ގައި ފާހަގަކުރާ ދުނިޔޭގެ ފަންނުވެރިންގެ ދުވަސް (އިންޓަރނޭޝަނަލް އާރޓިސްޓްސް ޑޭ) ފާހަގަކުރުމަށާއި،  ނޮވެމްބަރު ތިނެއްގައި ރާއްޖެ އިން ފާހަގަކުރާ ނަޞްރުގެ ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެން ސިއާ އިން ހުޅުވާލި މުބާރާތެކެވެ.

ލިޔުނީ: އަޙްމަދު ޝައްފާޒު
ރައީސް
ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް

ސިއާ

ސިއާ

ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސް (ސިއާ) އަކީ އެމް.އެން.ޔޫ ފެކަލްޓީ އޮފް އާރޓްސްގައި ޤާއިމުކުރެވިފައިވާ ގޮފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

2026-04-15
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎އެސްއެން – ނޭކަ “ހެލްތު ޑޭ ކުއިޒް” ކާމިޔާބު ކަމާއެކު ނިންމާލައިފި!

2026-04-14
ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

2026-04-13

ބީއެސްއެސްއޭގެ ރޯދަމަހުގެ ޙަރަކާތްތައް ފޯރިއާއިއެކު ނިންމާލައިފި!

2026-04-13
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

2026-04-15
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ޢީދު ހަދިޔާ ބަދަލު ކުރުން – މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް!

2026-04-15
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab