Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ގޮފިތައް އެސް.އެސް.އެލް

އެފް.އެސް.އެމް އިޒްހާމް މެމޯރިއަލް ކަޕް: ގްރެޖުއޭޓްސް ބަލިކޮށް ޗެމްޕިއަންކަން އެފް.ސީ ރިޖާލަށް

އެސް.އެސް.އެލް by އެސް.އެސް.އެލް
2022-09-20
in އެސް.އެސް.އެލް
އެފް.އެސް.އެމް އިޒްހާމް މެމޯރިއަލް ކަޕް: ގްރެޖުއޭޓްސް ބަލިކޮށް ޗެމްޕިއަންކަން އެފް.ސީ ރިޖާލަށް

”އެފް.އެސް.އެމް އިޒްހާމް މެމޯރިއަލް ކަޕް 2022“ ގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޓީމެއްގެ ގޮތުގައި މިމުބާރާތުގައި ބައިވެރިވި، އެފް.ސީ ރިޖާލްއިން ހޯދައިފިއެވެ.

ސެޕްޓެމްބަރު 17 ވަނަ ދުވަހު ހުޅުމާލެ ރެޑްބުލް ޓާރފްގައި، ވަންޑޭ ކަޕެއްގެ ގޮތުގައި ކުޅެވިގެން ދިޔަ މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 11 މެޗެއްވަނީ ކުޅެވިފައެވެ. އެގޮތުން މުބާރާތުގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރުންގެ 2 ޓީމަކާއި، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 2 ޓީމަކާއި އަދި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން ދަސްވެނިވި ދަރިވަރުންގެ (ގްރެޖުއޭޓްސް) ޓީމެއް މި މުބާރާތުގައި ވާދަކޮށްފައިވެއެވެއެވެ.

ލީގް އުސޫލުން ކުޅެވިގެން ދިޔަ މިމުބާރާތުގައި ފައިނަލްގައި ކުޅުނީ އެންމެ މަތިން ޕޮއިންޓް ލިބުނު 2 ޓީމެވެ. އެގޮތުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލްގެ ޖާގަ އެފް.ސީ ރިޖާލްއިން ކަށަވަރުކުރިއިރު، ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ، ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ ގްރެޖުއޭޓްސްގެ ޓީމުންނެވެ. މިގޮތުން، ފައިނަލްގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެފް.ސީ ރިޖާލްއިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި ގްރެޖުއޭޓްސް ޓީމް ބަލިކުރުމަށްފަހުއެވެ.

މުބާރާތުގެ މެޗެއްގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި ދިރާގުގެ ފަރާތުންދޭ ހަދިޔާ ހަވާލުކުރެއްވީ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަދި މި މުބާރާތުގެ މެއިން ސްޕޮންސަރ ކަމުގައިވާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު ޤަސަމްއެވެ. އެގޮތުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.ސީ ރިޖާލްގެ ކުޅުންތެރިޔާ އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރު، އަލީ އަޒުހަރެވެ. އަޒްހަރު ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯގެ ރައީސް އަޙްމަދު ސަދޫފް ވަނީ އިޒްހާމް މެމޯރިއަލް ކަޕް 2022 ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށާއި، ސްޕޮންސަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

”އިޒްހާމް މެމޯރިއަލް ކަޕް“ އަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރެއްކަމުގައިވާ މުޙައްމަދު އިޒްހާމް 2016 ވަނަ އަހަރު ރޭލު އެކްސިޑެންޓެއްގައި ނިޔާވުމުގެ ސަބަބުން އެދަރިވަރުގެ ހަނދާނީ މުބާރާތެއްގެ ގޮތުން ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯ އިން އިންތިޒާމްކޮށް ބާއްވަމުންދާ މުބާރާތެކެވެ. މިގޮތުން އިޒްހާމް މެމޯރިއަލް ކަޕް 2018 ،2017 އަދި 2019 ވަނަ އަހަރު ބޭއްވިފައިވީ ނަމަވެސް ކޮވިޑްގެ ޙާލަތާއެކު 2020 އަދި 2021 ވަނަ އަހަރު މި މުބާރާތް ބޭއްވިފައިނުވެއެވެ. މިއަހަރު ބޭއްވިގެން މިދިޔައީ މި މުބާރާތުގެ 4 ވަނަ މުބާރާތަށް ވީއިރު، މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ. އަދި ސަޕޯޓިންގް ޕާރޓްނަރއަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ.

އެސް.އެސް.އެލް

އެސް.އެސް.އެލް

ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) އަކީ އެމް.އެން.ޔޫ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ޤާއިމުކުރެވިފައިވާ ގޮފި

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ގޮފިތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުން

ގޮފިތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުން

2026-02-16
ދަރިވަރުންގެ ޔޫނިއަންގެ މާލޭގެ ގޮފިތަކުގެ އިންތިޚާބު ފަށައިފި

ދަރިވަރުންގެ ޔޫނިއަންގެ މާލޭގެ ގޮފިތަކުގެ އިންތިޚާބު ފަށައިފި

2026-02-16
ގޮފިތަކުގެ އިންތިޚާބުގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުމާއި ކެމްޕެއިން ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި އިންތިޚާބާ ގުޅޭ

ގޮފިތަކުގެ އިންތިޚާބުގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުމާއި ކެމްޕެއިން ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި އިންތިޚާބާ ގުޅޭ

2026-02-10
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ އިންތިޚާބާ ބެހޭ (އިންތިޚާބު ކޮމިޓީ)

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ އިންތިޚާބާ ބެހޭ (އިންތިޚާބު ކޮމިޓީ)

2026-02-10
އަތޮޅު ކެމްޕަސްތަކުގައި ޤާއިމުކުރެވިފައިވާ ގޮފިތަކުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އަތޮޅު ކެމްޕަސްތަކުގައި ޤާއިމުކުރެވިފައިވާ ގޮފިތަކުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

2026-02-10
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2026 އާ ގުޅޭ

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2026 އާ ގުޅޭ

2026-02-08
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab