ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) ގެ ފުރަތަމަ މީޑިއާ ޓީމް އިފްތިތާޙްކޮށްފިއެވެ.
އެސް.އެސް.އެލް ގެ މީޑިއާ ޓީމް އިފްތިތާޙުކުރީ 5 މެއި 2024 ގައެވެ. މިއާއެކު ޓީމުގެ ބައިވެރިންނަށް ވަނީ މީޑިއާ ތަމްރީން ދަންފަޅިއެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ދަންފަޅި ކުރިއަށްގެންގޮސްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 7ވަނަ ދައުރުގެ ރައީސް މުޙައްމަދު ޝާން އާމިރުއެވެ.
އެސް.އެސް.އެލް ގެ ފުރަތަމަ މީޑިއާ ޓީމް އިފްތިތާހުކޮށް ބޭއްވުނު ތަމްރީން ދަންފަޅީގައި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް ޖައިޝް ޢަލީ ވަހީދާއި ޔޫނިއަންގެ އެސިސްޓެންޓް ސެކްރެޓަރީ އަހްމަދު ޒާމިލް ވަނީ ޓީމުގެ ބައިވެރިންނާބައިވެރިންނާ މުޚާތަބުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސް ޖައިޝްގެ ވާހަކަފުޅުގައި ޔޫނިއަންގެ ގޮތްޕަކުން މިފަދަ ގޮތަކަށް މީޑިއާ ޓީމެއް
އެކުލަވާލުމުން އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ޒާމިލްގެ ވާހަކަފުޅުގައި ވަނީ ޓީމުގެ ބައިވެރިންނަށް ހިތްވަރުދީ ކުރިއަށް ދިއުމަށް ނަސޭހަތްތެރިވެފައެވެ.
ހަމައެހެންމެ، މި ތަމްރީން ދަންފަޅީގައި އެސް.އެސް.އެލްގެ ރައީސް އިސްމާޢީލް ރަޒީން ޢިމްރާން ވަނީ މީޑިއާ ޓީމުގައި ހިމެނޭ އެންމެހާ ބައިވެރިންނަށް ވީ އެންމެ ގިނަ ފުރުސަތުތައް ފަހިކޮށްދީ ޓީމުގެ ހުނަރުވެރިކަން އިތުރުކުރުމަށް އިތުރު ތަމްރީން ދަންފަޅިތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެސް.އެސް.އެލް ގެ މީޑިއާ ޓީމުގައި އެކްސޯގެ 3 މެންބަރުން ހިމެނޭހެން ޖުމްލަ 16 މެންބަރުން ހިމެނެއެވެ.