ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ގޮފި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އަދި ހިތަދޫ ކެމްޕަހުގެ ގޮފި ދޮންދީނި ގުޅިގެން ރުއް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 12 ނޮވެންބަރުގެ ހަވީރު ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސްގެ ގޯތީގައި އޮންނަ ހުސް ސަރަޙައްދުގައެވެ.
މި ޙަރަކާތުގައި ގިނަ ދަރިވަރުންތަކެއް ބައިވެރިވިއިރު، މި ޙަރަކާތަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އަދި އެމްއެންޔޫ ހިތަދޫ ކެމްޕަސް ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޙަރަކާތެކެވެ.
ރުއް އިންދުމުގެ މި ޙަރަކާތުގައި 30 އަކަށް ރުއް އިންދާފައި ވާއިރު މިއީ ރަށް ފެހި ކުރުމާއި ލީޑަރުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އިސްވާރުކަން ކުރިއެރުވުމުގެ މަޤްސަދުގައި ކުރިއަށް ގެންދެވުނު ޙަރަކާތެކެވެ.