ރަމަޟާން މަހަށް ޚާއްސަކޮށްގެން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)ގެ ދަރިވަރުންގެ ގޮފި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ބާއްވާ ‘ތަށިބަރި މޫވްމަންޓް’ މިއަހަރުގައިވެސް ވަރަށް ފޯރީގައި ފަށައިފިއެވެ.
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި އެސް.އެސް.އެލްއިން ކުރިއަށް ގެންދާ މިހަރަކާތް އިއްޔެ ފަށާފައިވަނީ އެސް.އެސް.އެލްގެ ރައީސް މުޙައްމަދު ރައުޝަންއެވެ.
މި ހަރަކާތުގައި ފެކަލްޓީގެ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި އޮންނާނީ ރަމަޟާންގެ މަހުގެ ދުވަސްތަކުގައި އެކި ދަރިވަރުންގެ ފަރާތުން އެކި ދުވަހު އެއް ދަރިވަރަކު އަނެއް ދަރިވަރަށް ރޯދަ ވީއްލުމަށް ތަށިބަރި ގެންގޮސްދިނުމެވެ.
މިކަމުގެ ސަބަބުން ފެކަލްޓީގެ ދަރިވަރުންގެ މެދުގައި ވާހަކަދެކެވި، ދަނެ ފަރިތަވެ، އެ ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ ވަރުގަދަވެގެން ދެއެވެ.






