ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)ގެ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި ”ތަރަޙަ“އިގެ ހިންގާ ކޮމިޓީން އެ ފެކަލްޓީގެ ދަރިވަރުންނަށް މިއަހަރުގެ ތެރޭގައި ކޮށްދެވިދާނެ ކަންތައްތަކާއިބެހޭގޮތުން މަޝްވަރާކޮށްފިއެވެ. ”ތަރަޙަ“އިން ބޭއްވި ހިންގާކޮމިޓީގެ ބައްދަލުވުމެއްގައި މި މަޝްވަރާ ކުރެވިގެން ދިޔައިރު، ބައްދަލުވުން ބޭއްވުނީ 07 މާރިޗު 2018ވީ ބުދަދުވަހު އެވެ.
ސީ.އެފް.އެސްގެ ”ތަރަޙަ“ ގޮފިން މީގެ ކުރިން ދަރިވަރުންނަށް އަމާޒުކޮށް ޙަރަކާތެއް ހިންގާފައެއްނެތެވެ. އެހެން ނަމަވެސް އެމް.އެން.ޔޫ.އެސް.ޔޫގެ މުބާރާތްތަކުގައި ސީ.އެފް.އެސްގެ ދަރިވަރުން ތަމްސީލުކުރާ ޓީމުތައް ނެރުމުގައި އިސްދައުރެއްވަނީ އަދާކޮށްފައެވެ. ”ތަރަޙަ“ އުފެދިފައިވަނީ 2016 ވަނަ އަހަރުގައިކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ ހިންގާކޮމިޓީގެ އަމާޒަކީ ދަރިވަރުންނަށް އަމާޒުކޮށް މަދުވެގެން 2 ޙަރަކާތް ބޭއްވުމެވެ.