ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ 2022 ވަނަ އަހަރުގެ ފުރަތަމަ ޓަރމް ގެ ކިޔެވުން ފެށުނު އިރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް (ސީއެފްއެސް) އާއި އަލަށް ގުޅުނު ކުދިންނަށް ސީއެފްއެސް އަދި ތަރަހައިގެ ފަރާތުން ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.
ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީސް އަދި ”ތަރަހަ“އިގެ ފަރާތުން އިސްނަގައިގެން 06 ފެބުރުވަރީ 2022 ވީ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ޤައުމީ ޔުނިވަރސިޓީގެ އޭ ބްލޮކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސީއެފްއެސްއަށް އަލަށް ގުޅުނު ދަރިވަރުންނަށް ހޫނު މަރުޙަބާއެއް ކިޔުމުގައި ސީއެފްއެސްގެ މުވައްޒަފުން، ސީއެފްއެސް ހެޑް އޮފް ސެންޓަރ، ތަރަހައިގެ ހިންގާ ކޮމެޓީގެ މެމްބަރުން އަދި ސީއެފްއެސްގެ ގިނަ އަދަދެއްގެ ދަރިވަރުންވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.
މިހަރަކާތުގެ މައިގަނޑު މަޤްސަދަކީ ސީއެފްއެސް އާ އަލަށް ގުޅުނު ދަރިވަރުންނަށް ޔުނިވާސިޓީއަކީ އެކުދިންނަށް ރައްޓެހި އުޅެން ފަސޭހަ މާހައުލަކަށް ހެދުމެވެ.
އެގޮތުން ދަރިވަރުން ޔުނިވާސިޓީއަށް ވަނުމާއެކު ދަރިވަރުންނަށް ދާންވީ މަގުދައްކައިދިނެވެ. ހަމައެއާއެކު، އޭ ބުލޮކުގެ 3 ވަނަ ފުލޯ ވަނީ އަލަށް ގުޅުނު ދަރިވަރުންނަށް ޚާއްސަކޮށް ތައްޔާރު ކޮށްފައެވެ. ކޮންމެ ދަރިވަރަކު ވެސްވަދެގެން ދާއިރު ސީއެފްއެސް އަދި ތަރަހައިގެ ފަރާތުން ދަރިވަރުންނަށް މަރުޙަބާ ދެންނެވުމާއެކީ ކުޑަ ހަދިޔާއެއް ދެވިގެން ދިޔައެވެ.
ފުރިހަމަ ކަމާއި ކާމިޔާބު ކަމާއެކު ނިންމާލެވުނު މި ހަރަކާތް އެތައް ބޭފުޅުންގެ ތަރުހީބު ލިބުމާއެކު ވެގެންދިޔައީ އެންމެން ވެސް ބަލައިގަތް ހަރަކާތަކަށެވެ. އެއާއެކު މިއީ އަހަރު ފެށިގެންދިޔައިރު ކާމިޔާބު ކަމާއެކު ހިންގުނު އެންމެ ފުރަތަމަ ހަރަކާތެވެ. ފާއިތުވި އަހަރުތަކުގައި ވެސް ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒާއި ގުޅިގެން ލެކްޗަރާއިންގެ އެއްބާރުލުމާއި އެކު ތަރަހައިން ވަނީ މިފަދަ އެތައް ކާމިޔާބު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އަދި ޔޫނިއަންގެ ގޮފިތަކުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް މިފަދަ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އަދި މިފަދަ ހަރަކާތްތަކުގައި އެމްއެންޔޫގެ އިސްވެރިން ދެއްވާ އެއްބާރުލުން ފާހަގަ ކުރެވެއެވެ.





