ތަރަހައިގެ ފުރަތަމަ ފަންޑްރެއިޒިންގް އިވެންޓް ”ތިއޭޓަރ ވާރލްޑް ވިތު ތަރަހަ- ޑްރެގް މީ ޓު ހެލް“ ކާމިޔާބުކަމާއެކީ ނިންމާލައިފި އެވެ.
8 މާރޗް 2024 ވީ ހުކުރު ދުވަހުގެރޭ ބީ.އެސް އޮޑިޓޯރިއަމްގައި ކުރިއަށްގެންދިޔަ މި ޙަރަކާތުގައި ފަންސާހަކަށް ވުރެއް ގިނަ ދަރިވަރުން ވަނީ ޓިކެޓު ގަނެ، ބައިވެރިވެފައެވެ.
މި މޫވީ ނައިޓް ކުރިއަށްދިޔަ ގަޑީގައި ތަރަހައިގެ ފަރާތުން ކެންޓީނުގެ ޚިދުމަތްވެސް ދިޔައީ ފޯރުކޮށްދެމުންނެވެ. މީގެއިތުރުން، މި ޙަރަކާތުގައި ތަރަހައަށް ނިސްބަތްވާ އައު އިސްވާރުން ވަނީ ޙަރަކާތްތެރިކަމާއެކު ބައިވެރިވެފައެވެ.
“ތަރަހަ މޫވީ ނައިޓް” އަކީ ތަރަހައިން ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ނަމަވެސް 2022 ވަނަ އަހަރު “ ތިއެޓަރ ވޯލްޑް ވިތު ތަރަހަ“ އަށް ނަން ބަދަލުވެ މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިނަމުގައެވެ.
ތަރަހައިން ބާއްވާ ތިއެޓަރ ވޯލްޑް ވިތު ތަރަހަ ސިލްސިލާއަކީ ތަރަހައިގެ އެކިއެކި ޙަރަކާތްތަކަށް ފަންޑްރެއިޒް ކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޙަރަކާތެކެވެ.
ތަރަހަ އަކީ އެމް.އެން.ޔޫގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގައި ޤާއިމުކުރެވިފައިވާ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮތްޕެވެ.






