ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ގޮފި ތަރަހައިން އިސްނަގައިގެން ”ތަރަހަ ވަން ޑޭ ބެޑްމިންޓަން ކަޕް“ ގެ ނަމުގައި ބާއްވާ ބެޑްމިންޓަން މުބާރާތް މި ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ އެއް ދުވަހަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި މި މުބާރަތަކީ ސެންޓަރ ފޯ ފައުންޑޭޝަން ގެ ދަރިވަރުންނަށް ޚާއްސަކޮށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މި މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޖުމްލަ 30 ބައިވެރިންނާ އެކު މި މުބާރާތް ކުރިޔަށް ދާނީ އަންހެން އަދި ފިރިހެން ވަކިން ގުރޫޕް ސްޓޭޖް އަށެވެ. ދެ ޑިވިޝަންގެވެސް ޗެންޕިއަން، ރަނަރ އަޕްގެ އިތުރުން 3 ވަނަވެސް ހޮވުމަށް ވަނީ ހަމަޖެހިފައިއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 2 ވާ ހޮނިހިރު ދުވަހުގެ ހެންދުނު 8 ޖަހާއިރުއެވެ. އަދި ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10 ޖަހާއިރުއެވެ.
ފައިނަލް މެޗަށްފަހު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ކުޅިވަރަށް އޮތް ފޯރި އިތުރުކޮށް ކުރިއަށް އޮތް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތަށް ތައްޔާރުވުމެވެ.