Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ރިޕޯޓްސް

މިއީ ކާކު؟ – ”ޔޫނިއަން މީޑިއާގެ އިންގިލާބީ ބަދަލުގެ މޭސްތިރިޔާ“

އަތޫފް އާތިފް by އަތޫފް އާތިފް
2021-09-18
in ރިޕޯޓްސް, މެއިން ރިޕޯޓްތައް
މިއީ ކާކު؟ – ”ޔޫނިއަން މީޑިއާގެ އިންގިލާބީ ބަދަލުގެ މޭސްތިރިޔާ“

އެމް.އެން.ޔޫ.އެސް.ޔޫގެ ހަތްވަނަ ދައުރުގެ ރައީސް މުޙައްމަދު ޝާން އާމިރް

މިއީ ކާކު؟“ މި ބަސް ދިވެހި ޒުވާނުންގެ އަތްމަތީ ބަހަކަށް ވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. ޚާއްޞަގޮތެއްގައި ރޯދަމަސްތަކުގައެވެ. ”މިއީ ކާކު؟“ މަޝްހޫރުވެގެންދިޔައީ ދައުލަތުގެ މީޑިއާ ”ޓީވީއެމް“ އިން ރޯދަމަހުގައި ގެންނަ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްގެ ނަމުގެ ގޮތުންނެވެ.

މިފަހަރު ”މިއީ ކާކު؟“ގެ ގޮތުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން މި ގެނެސްދެނީ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަން އަށް ޚިދުމަތްކުރުމުގައި ލާމަސީލު މިސާލު ދައްކަވާފައިވާ ބައެއް ޝަރަފުވެރި ދަރިވަރުންގެ ރިޕޯޓުތަކެކެވެ.

މިއީ މި ސިލްސިލާގެ ތިންވަނަ ރިޕޯޓެވެ.

އެޑިޓޯރިއަލް ނޯޓް:

ޝާން އަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. ކުޑައިރުން ފެށިގެން ޝާންއަކީ އަޅުގަނޑަށް އެތަށް ކަމަކު އެހީވެދިން އަޅުގަނޑުގެ އެންމެ ގާތް މިތުރެވެ. އެކަމަކު ޝާން އާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނީ އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމުގައި ޝާން ހުރި ދުވަސްވަރުގައެވެ. އާދެ! ޝާން އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ހަވަނަ ދައުރުގެ ރައީސް އަރުޝަދު އަޝްރަފްގެ ހިންގާ ކޮމެޓީގައި ހަރަކާތްތެރިވި އެންމެ ހީވާގި މީޑިއާ ކޯޑިނޭޓަރޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އަދި ޝާން އަކީ މިއަދު ޔޫނިއަން މީޑިއާ މިއޮތް ހަރުފަތަށް ގެނައި ފަރާތްކަމީ ޝައްކެތް ނެތް ކަމެކެވެ.

2018 ވަނަ އަހަރު މީޑިއާ ކޯޑިނޭޓަރުގެ މަގާމު ކުޅަދާނަ ކަމާއިއެކު ކުރެއްވުމަށްފަހު 2019 ވަނަ އަހަރުގެ ވަކި ހިސާބަކުން ޝާން ވަނީ ޔޫނިއަންގެ ރައީސް ކަމާއި ހަވާލުވެފައެވެ. ރައީސް ކަމުގައިވެސް ޝާން އަކީ ކުޅަދާނަ ރައީސްއެކެވެ. ބުރަ ބޮޑުކޮށް ފަހަރަކު އިވެންޓެއް ބާއްވަމުން ގޮސް 2019 ވަނަ އަހަރު ޔޫނިއަންގެ ދަންމަރު ޝާން ޔޫނިއަންއަށް ނެރެދިން އަލީ ޝަމްއޫނާއި ހަވާލުކުރީ ލެވަލް އަޕްކޮށްލުމަށްފަހުގައެވެ.

މިއަދު ޝާންގެ އުފަން ދުވަހު މި ރިޕޯޓް ތި އެންމެ ފަރާތްތަކާއި ހިއްސާކުރަން ލިބުން އެއީ އަޅުގަނޑަށް ލިބުނު ފަޚުރަކާއި ޝަރަފެކެވެ. މި ރިޕޯޓް އަޅުގަނޑު ތައްޔާރުކުރީ ޝާންގެ ފަރާތުން މައުލޫމާތު ނުހޯދާ، އެހެން މަސްދަތުތަކުން ލިބުނު މައުލޫމާތުގެ އަލީގައި، ޝާންއަށް ދެވޭ ”ޝަޕްރައިޒެއް“ ގެ ގޮތުގައެވެ. މި ލިޔުން ފުރިހަމަކޮށްދެއްވުމަށްޓަކައި އަޅުގަނޑަށް ވެދިން އެހީއަށް ދަރިވަރުންގެ ޔޫނިއަންގެ ރައީސް އަބްދުﷲ ޝަހުނީޒާއި ނައިބު ރައީސް (ގޮފިތައް) ހުސައިން ޒައިދާއި ކުރީގެ ރައީސް އަރުޝަދު އަޝްރަފްގެ އިތުރުން ޝާންގެ ބޭބެ އަބްދުﷲ މުޚްލިސް އާމިރަށް ނިހާޔަތައް ޝުކުރު ދަންނަވަމެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ހަތްވަނަ ދައުރުގެ ރައީސް މުޙައްމަދު ޝާން އާމިރު އަދި އަތޫފް އާތިފް

ޔޫނިއަން މީޑިއާ މިއަދު ދެކެމުން އަންނަ ހަޔާތް ހުޅުވާލަދިން ފަރާތަކީ އެއީއެވެ. ދަރިވަރުންގެ ޔޫނިއަންގެ މީޑިއާ މިއަދު މި އޮތް ހަރުފަތަށް ގެނަސްދިން މޭސްތިރިއަކީ އެއީއެވެ. އާދެ! ޅ. ހިންނަވަރަށް އުފަން މުޙައްމަދު ޝާން އާމިރަކީ ދަރިވަރުންގެ ޔޫނިއަންގައި ދެ ދައުރެއްގެ ހިންގާ ކޮމެޓީގައި މަސައްކަތް ކުރައްވާފައިވާ ވަރުގަދަ ޝަޚްސިއްޔަތެކެވެ. ޔޫނިއަންގެ މީޑިއާ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން މިއަދު ޔޫނިއަންގެ މީޑިއާ މިއޮތް ހިސާބަށް ގެނަސްދިނީ ޝާން އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މީގެ އިތުރުން ޝާން އަކީ ދަރިވަރުންގެ ޔޫނިއަންގެ 7 ވަނަ ދައުރުގެ ރައީސްވެސްމެއެވެ.

ޔުނިވަރސިޓީ ޙަޔާތުގެ ކުރިން:

ޝާން އަކީ ޝާންގެ މައިންބަފައިންގެ ފަސް ދަރީންގެ ތެރެއިން ދެވަނަ ދަރިއެވެ. އޯލެވެން އަދި އޭ ލެވެލް ފުރިހަމަކުރީ ޅ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ސްކޫލުގައި އުޅުނު ދުވަސްވަރުވެސް ޝާން އަކީ ހިންގުންތެރި ލީޑަރެކެވެ. ކުޅިވަރުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އުޅުނު ނަމަވެސް ކިޔެވުމަށްވެސް ޝާންއަކީ ނުހަނު ހިތް އަލި ދަރިވަރެކެވެ. އޭގެ ހެއްކަކީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ތާރީޚުގައި ޝާންގެ ނަން މިއަދާއި ހަމައަށްވެސް ފަވާލާފައިވުމެވެ. ޝާން ވަނީ އޯ ލެވެލްގައި މުޅި ރާއްޖެއިން އެއްވަނަ ހޯދާފައެވެ. އަދި އޭ ލެވެލްގައި ރާއްޖޭގެ ގަދަ 10 ގައި ޝާން ހިމެނުނެވެ.

މުޙައްމަދު ޝާން އާމިރު

ޔުނިވަރސިޓީގައި:

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް ޝާން ގުޅިފައިވަނީ 2015 ވަނަ އަހަރުގައެވެ. ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޓް ޓެކްނޮލޮޖީ (އެފްއީއެސްޓީ) ގައި ޝާން ކިޔަވަމުންދިޔައީ ”ބެޗްލާރ އޮފް ސިވިލް އިންޖިނިއަރިންގ“ އެވެ. ޔުނިވަރސިޓީގެ ފުރަތަމަ އަހަރުގައި އެފްއީއެސްޓީގެ ގޮފީގެ  ހަރަކާތްތަކުން ޝާން ފެންނަން ފެށީ ޝަމްއޫން ދިން ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.

އެގޮތުން ޝާން ވަނީ އިންޖިނިއަރިންގ ޓެކްނޮލޮޖީ އެސޯސިއޭޝަންގެ ނައިބު ރައީސް، (އިލްމީ) އަދި ރައީސްގެ މަގާމު އަދާކޮށްފައެވެ.

ގޮފީގައި ދައްކުވައިދިން ހުނަރާއިއެކު އަރުޝަދުގެ ލޮލުގައި ޝާން އަޅައިގަތީއެވެ. ޝާންގެ ލީޑަރޝިޕް ކޮލެޓީއާ ކަންކަން ހިންގުމަށް ދެމުން ގެންދިޔަ އަހަންމިއްޔަތުކަން އަރުޝަދަށް ފާހަގަވީއެވެ. އެއާއިއެކު އަރުޝަދުގެ ހިންގާ ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރެއްގެ މަގާމާއި ހަވާލުވުމަށް ޝާންއަށް ދައުވަތު އެރުވިއެވެ.

2019 ވަނަ އަހަރު ޔޫނިއަންގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު ވަކިވާން ނިންމާ ރައީސް ކަމުގެ މަސްއޫލިއްޔަތު ޝާންއާ ހަވާލުކުރީ ޝާން އަށް އޮތް އިތުބާރެއްގެ ބޮޑުކަމުން. އޭރުވެސް އެނގޭ ޝާން، އަޅުގަނޑު ކުރި މަސައްކަތް ފުރިހަމައަށް ކުރާނެކަން. – އަރުޝަދު އަޝްރަފް –

އެމް.އެން.ޔޫ.އެސް.ޔޫގެ ހަވަނަ ދައުރުގެ މެމްބަރުން

ދަރިވަރުންގެ ޔޫނިއަންގެ މީޑިއާ ކޯޑިނޭޓަރު (2018)

ދަރިވަރުންގެ ޔޫނިއަންގެ ފަސްވަނަ ދައުރު ނިމި، ހަވަނަ ދައުރަށް ކުރިމަތިލީ މުޅިން އައު ޓީމެކެވެ. ޒުވާން ޓީމެކެވެ. ތަޖުރިބާކާރު މާލިމީއަކާއިއެކު ޒުވާން ހިންގާ ކޮމެޓީއެއް ޔޫނިއަންގެ ދަންމަރާއި ހަވާލުވިއިރު، މި ޓީމުން އެންމެ ފާހަގަވެގެން އައީ ތަފާތު މިޒާޖެއްގެ ތަފާތު ދާއިރާއެއް ކިޔަވަމުން ގެންދިޔަ ޒުވާނެކެވެ. ރައީސް އަރުޝަދު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ޝާން ހިމެނެއެވެ. ކުރީގެ ރައީސް އަރުޝަދުގެ ނަޒަރުގައި ދަރިވަރުންގެ ޔޫނިއަންގެ މަސައްކަތަކީ މުޅި ރާއްޖެއަށް ކޮބައިކަން އަންގައިދޭން ކުރަން ޖެހުނު ކޮންމެ މަސައްކަތް ކޮށްދިން އެއް ފަރާތަކީ ޝާންއެވެ.

އަރުޝަދު ވިދާޅުވީ ޝާން މަގާމާއި ހަވާލުވިއިރު ޔޫނިއަންގެ މީޑިއާގެ މަސައްކަތްތައް ނުހިނގާ ކަމަށެވެ. އަދި ޝާން މީޑިއާ ހަވާލުވެ މީޑިއާގެ މަސައްކަތްތްއިތުރު ލެވަލްއަކަށް ”އަޕް“ ކޮށްލާފައިވާ ކަމަށެވެ.

ޔޫނިއަންގެ މީޑިއާ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ޝާންއާ ހަވާލުކުރާ މަސައްކަތް ފުރިހަމައަށް ނިންމާނެ ކަމުގެ އިތުބާރު އަރުޝަދަށް އަބަދުވެސް އޮވެއެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ހަވަނަ ދައުރުގެ ރައީސް އަރުޝަދު އަޝްރަފް (ކ) އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ހަތްވަނަ ދައުރުގެ ރައީސް މުޙައްމަދު ޝާން އާމިރު

ްްުދަރިވަރުންގެ ޔޫނިއަންގެ މީޑިއާގެ މޭސްތިރިއާ

މީޑިއާގެ މަސައްކަތަކީ ކުރަން ފަސޭހަ މަސައްކަތްތަކެއް ނޫނެވެ. އެހެން ނަމަވެސް ރައީސް އަރުޝަދުގެ ޓީމުން ދެވަނަ ފަހަރަކަށް 2019 ވަނަ އަހަރު ކުރިމަތިލާފައިވަނީ 2018 ވަނަ އަހަރު ކުރެވުނު މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ އަޒުމުގައެވެ. އޭގެ ތެރޭގައި މީޑިއާގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުން ހިމެނެއެވެ.

ރައީސް އަރުޝަދު މީޑިއާގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު ހަވާލު ކުރެއްވީވެސް ޝާންއާއެވެ. 2018 ވަނަ އަހަރުން ފެށިގެންވެސް ޝާންގެ އިސްނެގުމުގެ ދަށުން މިއަދާއި ހަމައަށްވެސް ދަރިވަރުންގެ ޔޫނިއަންގައި މީޑިއާ ޓީމެއް އެކުލަވާލައި މަސައްކަތް ކުރަމުން އާދެއެވެ. ހުދު އަޅުގަނޑަކީވެސް އެ ޓީމުގައި މަސައްކަތް ކުރަމުން ގެންދިޔަ މީހަކީމެވެ. މީގެ އިތުރުން ދަރިވަރުންގެ ޔޫނިއަންގެ 8 ވަނަ ދައުރާއި 9 ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރުންނަކީ ޝާން ތަމްރީނުކޮށްދިން މީޑިއާގެ ފަހުލަވާނުންނެވެ.

ދަރިވަރުންގެ ޔޫނިއަންގެ މީޑިއާ އާއި ޝާން ހަވާލުވިއިރު މީޑިއާ އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފައެވެ. މީޑިއާގެ މަސައްކަތްތައް ޝާން ފަށައިގަންނަން ޖެހުނީ އަލުން ބަލުންނެވެ. އެހެންނަމަވެސް މީޑިއާ ކޯޑިނޭޓަރެއްގެ ގޮތުގައި ޝާން ހުރިއިރު، ޔޫނިއަންއިން ކުރިޔަށް ގެންދިޔަ ހުރިހާ ހަރަކާތެއް ދުވަހުން ދުވަހަށް ޔޫނިއަންގެ ވެބްސައިޓުންނާއި ޝޯޝަލް މީޑިއާއިން ފެންނާނެކަން ކަށަވަރެވެ. ބައެއް ރޭތަކުގައި ޝާން މަސައްކަތް ނުނިމެ ޔޫނިއަންގެ އޮފީސް ބަންދު ނުކުރެވި ތިބެންޖެހޭތަންވެސް އާދެއެވެ. އެހެންނަމަވެސް ޔޫނިއަން އިން ޝާން ނުކުންނައިރު މީޑިއާގެ އެއްވެސް މަސައްކަތެއް ޕެންޑިންގައި ނުހުންނާނެ ކަމުގެ ޔަގީންކަން އަރުޝަދާއި އޭނާގެ ޓީމަށް އޮވެއެވެ.

ޝަހުނީޒްގެ ނަޒަރުގައި ޝާން

ސާންއަކީ 2018 ވަނަ އަހަރު ހިންގާ ކޮމެޓީއަށް އައުމުގެ ކުރިންވެސް ޝަހުނީޒް ދަންނަ ފަރާތެކެވެ. އެގޮތުން ޝާން ގޮފީގައި މަސައްކަތްކުރި ދުވަސްވަރު އޭނާގެ ލީޑަރޝިޕްގެ ހުނަރު ޝަހުނީޒަށް ވަނީ ފެނިފައެވެ. އެހެންކަމުން 2018 ގެ ހިންގާ ކޮމެޓީގައި އެކުގައި މަސައްކަތް ކުރަން ލިބުން ވެގެންދިޔައީ ޝަހުނީޒަށް ލިބުނު އުފަލަކަށެވެ.

އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާއަށް ދިން އިންޓަރވިއުގައި ޝަހުނީޒް ވިދާޅުވީ ޝާންއާއެކު ހިންގާ ކޮމެޓީގައި ވޭތުކުރި ދެ އަހަރު ދުވަހުގެ ހަނދާންތަކަކީ ފޮނި ހަނދާންތަކެއް ކަމަށެވެ. އެކުގައި އެންމެ ގާތް ފާރާތެއްގެ ގޮތުގައި މާޤާމުގެ ޒިންމާ އަދާކުރަމުން ކޮންމެ ޙަރަކާތެއްގައި އަމަލީގިތުން އުޅެވުނެވެ. އަދި އެޑްވައިޒަރީ ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން މިއަދުވެސް ދެގޮތެއްނުވެ ޔޫނިއަންއަށް ޝާންގެ ހިދުމަތް ލިބެމުން އަންނަކަމީ ޔޫނިއަންއަށް ޝާންގެ ހިތުން ޖާގަދެވިފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ނުވަވަނަ ދައުރުގެ ރައީސް އަބްދުﷲ ޝަހުނީޒް (ކ) އަދި ހަތްވަނަ ދައުރުގެ ރައީސް މުޙައްމަދު ޝާން އާމިރް

ޝަމްޢޫންގެ ނަޒަރުގައި ޝާން

ޔޫނިއަންގެ 8 ވަނަ ދައުރުގެ ރައީސް އަލީ ޝަމްއޫނަކީ ޝާން ޔޫނިއަންއަށް ނެރެދިން ފަރާތެވެ. އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ޝަމްޢޫން ވިދާޅުވީ ޝާން އަކީ ވަޅުޖެހެމުންދިޔަ ފެކަލްޓީގެ ގޮފި ކޮޅަށްޖެހުމަށްޓަކައި ހިންގާ ކޮމެޓީއަށް ރަނގަޅު ޓީމެއް އެކުލަވާލުމަށް ދިން ދައުވަތު ގަބޫލުކޮށް ގޮފި ކޮޅަށް ޖެހުމަށްފަހު ޔޫނިއަންވެސް އިތުރު ހަރުފަތަކަށް ގެނަސްދިއުމުގައި އިސްކޮށް ހަރަކާތްތެރިވި ކުޅަދާނަ ލީޑަރެއް ކަމަށެވެ. ޝަމްޢޫން ވިދާޅުވީ ޝާން އަކީ ޔޫނިވަރސިޓީ ހަޔާތުގައި އޭނާއަށް އެކި ކަންކަމުގައި އެހީތެރިވެދިން ކުޅަދާނަ ކައްޕިތާނެއް ކަމަށެވެ.

ކިޔެވުމުގެ ކަންކަމުގައި އެހީވެދިން އެދުރުއް. ދެގޮތެއް ނުވެ މިއަދާހަމައަށްވެސް ހުރި މަދަދުގާރެއް. ޝާންގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވި، ޔޫނިއަންގެ ކަންކަމުގައި އަދި ދިރިއުޅުމުގެ ކަންކަމުގައި އަގުހުރި، ލަފާދެއްވާ ތަފާތު އާ ކަންތައްތަކެއް ކުރަން ލަފާއެރުވި މާސްޓަރ މައިންޑެއް – އަލީ ޝަމްއޫން –

އެމް.އެން.ޔޫ.އެސް.ޔޫގެ ހަތްވަނަ ދައުރުގެ ރައީސް މުޙައްމަދު ޝާން އާމިރް އަދި އަށްވަނަ ދައުރުގެ ރައީސް އަލީ ޝަމްޢޫން

ހިންގާ ކޮމެޓީން ދިމާވި އެންމެ ގާތް މިތުރު

ޔޫނިއަން ގޯލްޑަން ވީ.ޕީ ހަސަން ޝާހަކީ ޝާންއަށް ޔޫނިއަންގެ ހިންގާ ކޮމެޓީން ދިމާވި އެންމެ ގާތް މިތުރެވެ. ޝާހުއަށް ޝާން އެންމެ ފުރަތަމަ ފާހަގަވެގެންދިޔައީ 2017 ވަނަ އަހަރު ބޭއްވުނު ފުޓްސެލް ފިއެސްޓާގެ ތެރެއިންނެވެ. އޭރު ޝާހު ހުރީ ޔޫނިއަންގެ ހަޒާންދާރުގެ މަގާމުގައެވެ. އަދި ޝާން އޭރު ހުރީ އެފްއީއެސްޓީގެ ގޮފީގައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާއަށް ދިން އިންޓަރވިއުގައި ޝާހު ވިދާޅުވީ، ޝާން އެންމެ ބޮޑަށް ފާހަގަވީ ޔޫނިއަންގެ މީޑިއާއަކީ ކިހާ މުހިންމު އެއްޗެއްކަން ޔުނިވަރސިޓީގެ މެނޭޖްމަންޓަށާއި، މުޅި ހަޔަރ އެޑިއުކޭޝަން ސެކްޓަރއަށް އަންގާދިން ފަރާތް ކަމަށެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ ޝާންއަކީ ޔޫނިއަން މީޑިއާ ޓީމު އެކުލަވާލި ފަރާތް ކަމަށާއި، އެގޮތުން ޝާން އަބަދުވެސް އިސްކަން ދިނީ އޭނާއަށް ދަސްވެފައިވާ އިލްމެއް އަނެކާއަށް ދަސްކޮށްދިނުމަށް ކަމަށެވެ.

ޝާހު ވިދާޅުވީ ޝާންއަކީ އޭނާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށާއި، ހިންގާ ކޮމެޓީގައި އުޅުނުއިރު، ދެ މީހުން އެކުގައި ވާހަކަ ދައްކާ ކަންކަމުގައި ހިޔާލު ބަދަލުކޮށް ހަދާފައިވާނެ ކަމަށެވެ. އަދި މިހާރު ކިތަންމެ ދުރުގައި ހުއްޓެއްކަމަކު ކުރިއެކޭވެސް އެއްގޮތަށް ކަންކަމުގައި ވާހަކަދައްކާ ހަދާ ކަމަށް ޝާހު ވިދާޅުވިއެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ނައިބު ރައީސް (އިތުރު ހަރަކާތް) އަދި ހަތްވަނަ ދައުރުގެ ރައީސް މުޙައްމަދު ޝާން އާމިރް

ނިންމުން:

ރިޕޯޓަކުން ޝާންގެ ވާހަކަތައް ގެނައުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އަޅުގަނޑުގެ ގަލަމުގެ ދެލި ހުސްވަމުންދާއިރުވެސް، ޝާންއާ ބެހޭ ގޮތުން ލިޔާނެ ބަސްތައް އަޅުގަނޑުގެ ސިކުނޑީގައި އަދިވެސް އުތުރިއަރަނީއެވެ. ޚާއްސަކޮށް ދަރިވަރުންގެ ޔޫނިއަންއަށް ޝާން ކޮށްދެއްވި ބުރަ ބޮޑު މަސައްކަތުގެ ވާހަކައަކީ ރިޕޯޓެއް ލިޔެލައިގެން އޭގެ އަގު އަދާކުރެވޭނެ ޚިދުމަތްތަކެއް ނޫނެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ހަވަނަ،ހަތްވަނަ އަދި ނުވަވަނަ ދައުރުގެ ރައީސުން

އެތަކެއް ވަގުތަކާއި، އެތަކެއް ރޭގެ ނިދިން މަހުރޫމްވެ ކޮށްދެއްވި ޚިދުމަތްތަކަކީ ދަރިވަރުންގެ ޔޫނިއަނުން އުފަލާއިއެކު ފާހަގަކުރާ ކަންކަމެވެ. ހިންގާ ކޮމެޓީން ބޭރުން ނަމަވެސް މިއަދުވެސް ޝާންއަކީ އެޑްވައިޒަރީ ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ޔޫނިއަންއަށް ޚިދުމަތް ކޮށްދެމުން އަންނަ ފަރާތެކެވެ. ޝައްކެތް ވެސް ނެތް ގޮތުގައި ޝާންގެ ހިތުން ދަރިވަރުންގެ ޔޫނިއަންއަށް ދެވިފައިވާ ލޯތްބަކީ ދަރިޔަކު މަޔަކު ދެކެވާ ލޯބިހާ ފުރިހަމަ ލޯތްބެކެވެ.

އަތޫފް އާތިފް

އަތޫފް އާތިފް

އެމް.އެން.ޔޫ.އެސް.ޔޫ ގެ 10 ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-10
މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

2022-08-09
ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

2022-08-09
މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ހުޅުވާލައިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ހުޅުވާލައިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

2022-07-20
އިޢުލާން: އެމް.އެން.ޔޫ.އެސް.ޔޫ ވީ.އެފް.އޭ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕް 2022 އާއި ގުޅޭ

އިޢުލާން: އެމް.އެން.ޔޫ.އެސް.ޔޫ ވީ.އެފް.އޭ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕް 2022 އާއި ގުޅޭ

2022-07-19
ވީ.ސީ.އެސް.އޭ ބާސްކެޓްބޯޅަ މުބާރާތުން އެމް.އެން.ޔޫއަށް ރަން މެޑައްޔަކާއި ރިހި މެޑައްޔެއް!

ވީ.ސީ.އެސް.އޭ ބާސްކެޓްބޯޅަ މުބާރާތުން އެމް.އެން.ޔޫއަށް ރަން މެޑައްޔަކާއި ރިހި މެޑައްޔެއް!

2022-07-07
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab