Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search

Home ރިޕޯޓްސް

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2022 – ހަޔަރ އެޑިއުކޭޝަން ދަރިވަރުންގެ އިންތިޒާރަށް ނިމުމެއް

އަތޫފް އާތިފް by އަތޫފް އާތިފް
2022-10-02
in ރިޕޯޓްސް, ޚަބަރު, މެއިން ރިޕޯޓްތައް
ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2022 – ހަޔަރ އެޑިއުކޭޝަން ދަރިވަރުންގެ އިންތިޒާރަށް ނިމުމެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމްކުރާ އެންމެ ބޮޑު ހަރަކާތަކީ ފުޓްސެލް ފިއެސްޓާއެވެ. މި މުބާރާތަކީ ހަމައެކަނި މި ޔޫނިއަންގެ އެންމެ ބޮޑު ހަރަކާތެއް ނޫނެވެ. މިއީ ހަޔަރ އެޑިއުކޭޝަން ސެކްޓާގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު މުބާރާތްވެސްމެއެވެ.

ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން މިދިޔަ ދެ އަހަރު މި މުބާރާތް ބޭއްވިފައިނުވެއެވެ. އެހެންނަމަވެސް މިއަހަރު މި މުބާރާތް ކުރިއަށްދާނެކަން ޔޫނިއަންއިން މިހާރު ވަނީ އިއުލާންކޮށްފައެވެ. އަދި އެހެން އަހަރުތަކަށްވުރެ ބޮޑުކޮށް މި މުބާރާތް މިއަހަރު ކުރިއަށް ގެންދިޔުމަކީ ޔޫނިއަންގެ އަމާޒެވެ.

މި އަހަރުގެ މުބާރާތުގައި 29 ޓީމަކުން ބައިވެރިވާނެއެވެ. އެއީ، ފިރިހެން ޑިވިޝަނުގައި 18 ޓީމާއި، އަންހެން ޑިވިޝަނުގައި

11 ޓީމެވެ. މި މުބާރާތުގެ ދެ ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ، ސައިރެކްސް ކޮލެޖު، ކްލިކް ކޮލެޖު، ވިލާ ކޮލެޖު، އެމް.އައި ކޮލެޖު، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)، ސްކޫލް އޮފް ނާސިން، ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަދި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްސްއެވެ. މީގެ އިތުރުން ހަމައެކަނި ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ސްކޫލް އޮފް މެޑިސިން، މެޕްސް ކޮލެޖު، ފެކަލްޓީ އޮފް އާޓްސް، މޯލްޑިވްސް ބިޒްނަސް ސްކޫލް، ޕޮލެޓިކްނިކް އަދި އެވިޑް ކޮލެޖެވެ.

ދެއަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް މިއަހަރު ކުރިއަށްގެންދާއިރު، މުބާރާތުގެ ޓައިޓެލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުގެ ލެކްނޯ ބްރޭންޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ”ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2022“ ގެ ނަމުގައެވެ. މީގެ ކުރިން މި މުބާރާތުގެ ޓައިޓެލް ސްޕޮންސަރުކަން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވަނީ ނަގައިފައެވެ. އޭގެ ތެރޭގައި، ދިރާގު، އެސްޓީއޯ، އެމް.ޑަބްލިއު.އެސް.ސީ، އެމް.ޓީ.ސީ.ސީ ހިމެނެއެވެ.

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ2019 ގެ ފައިނަލުގައި އެވިޑް ކޮލެޖާއި، ސައިރެކްސް ކޮލެޖު ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

މުބާރާތުގެ ތާރީޚަށް ނަޒަރެއް:

މީގެ ނުވަ އަހަރުކުރިން 2013 ވަނަ އަހަރު މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނުއިރު، އެ އަހަރުގެ މުބާރާތް ބޭއްވުނީ ޓައިޓަލް ސްޕޮންސަރަކާއި ނުލައެވެ. އެ އަހަރު އެންމެ ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވީ މިހާރުވެސް އެމް.އެން.ޔޫ.އެސް.ޔޫގެ ހުރިހާ ހަރަކާތެއްގައިވެސް އެންމެ ކައިރިން މަސައްކަތް ކުރާ އެއް ފަރާތް ކަމަށްވާ ”ރެޑްބުލް މޯލްޑިވްސް“އިންނެވެ. އޭރު މި މުބާރާތުގައި އޮންނަނީ ފިރިހެން ޑިވިޝަން އެކަންޏެވެ. މުބާރާތް ހުޅުވާލެވިފައި އޮންނަނީ އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރތަކަށާއި، އެހެނިހެން ކޮލެޖު/ޔުނިވަރސިޓީތަކުގެ އިތުރުން ހައި ސްކޫލްތަކަށެވެ. ކޮންމެ ބަޔަކުވެސް އެއްޓީމު ބައިވެރިކުރާ ގޮތަށެވެ. މުބާރާތުގެ ފުރަތަމަ ތަށި އުފުލާލީ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ (އެފް.އެމް.ސީ)، މިހާރުގެ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުންނެވެ.

ޖެހިގެން އައި 2014 ވަނަ އަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއް ހަމަޖެހުނެވެ. އެގޮތުން އެސް.ޓީ.އޯގެ ބްރޭންޑެއް ކަމަށްވާ ”މަކިޓާ“ އިން މުބާރާތުގެ ޓައިޓެލް ސްޕޮންސަރުކަން ވަނީ ނަގައިފައެވެ. އެ މުބާރާތް ވެސް ކާމިޔާބުކުރީ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ (އެފް.އެމް.ސީ)އިންނެވެ.

މި މުބާރާތުގެ ތިންވަނަ މުބާރާތް 2015 ވަނަ އަހަރު ބޭއްވިއިރު، އެ މުބާރާތުގެ ޓައިޓެލް ސްޕޮންސަރުކަން ނެގީ ދިރާގުންނެވެ. ”ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2015“ ގެ ނަމުގައި ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން އުފުލާލީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އެވެ.

އެމް.ޑަބްލިއު.އެސް.ސީ ފުޓްސެލް ފިއެސްޓާ 2019ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

”ލިޓަސް އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2016“ ގެ ނަމުގައި ހަތަރުވަނަ މުބާރާތް ބޭއްވުނުއިރު، އެއަހަރުގެ މުބާރާތުގެ ތަށި އުފުލާލާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ވަނީ މުބާރާތުގެ ތާރީޚުން ޖާގަ ހޯދާފައެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ވަނީ މި މުބާރާތުގެ ތަށި ތިން ފަހަރު ހޯދާފައެވެ.

2017 ވަނަ އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ކަމަށްވާއިރު، އެމް.ޕީ.އެލް އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2017 ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް އެމް.އެން.ޔޫ އިން ބޭރަށް މުބާރާތުގެ ތަށި ގެންދިޔައީ އެމް.އައި ކޮލެޖުންނެވެ. ފައިނަލުގައި ބައްދަލުކުރީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އެވެ.

މި މުބާރާތުގެ ހަވަނަ އެޑިޝަންއަކީ މުބާރާތުގެ ތާރީޚުގައި ރަން އަކުރުން ލިޔެވުނު އަހަރެކެވެ. އެގޮތުން 2018 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގައި މުޅިން އަލަށް އަންހެން ޑިވިޝަން ތައާރަފުކުރެވުނެވެ. މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގު ކަމަށްވާއިރު، މިއީ ދިރާގުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރކަން ކުރި 2 ވަނަ ފަހަރެވެ. މި މުބާރާތުގައި ފިރިހެން ޑިވިޝަނުން ޖުމްލަ 18 ޓީމު އަދި އަންހެން ޑިވިޝަނުން ޖުމްލަ 12 ޓީމާއެކު، މުޅި ޖުމްލަ 30 ޓީމު ބައިވެރިވިއިރު، މިއީ މި މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ޓީމު ބައިވެރިވި ފަހަރެވެ. ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2018ގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރީ އެވިޑް ކޮލެޖް އަދި ކްލިކް ކޮލެޖެވެ. އެވިޑް ކޮލެޖް ބަލިކޮށް މުބާރާތުގެ އަންހެން ޑިވިޝަނުގެ ތާރީޚީ ފުރަތަމަ ތަށި އުފުލާލީ ކްލިކް ކޮލެޖުންނެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޖެހިޖެހިގެން 2 ވަނަ ފަހަރަށް އެމް.އެން.ޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ވާދަކުރިއިރު، އެފަހަރުވެސް ތަށި އުފުލާލެވޭނެ ގޮތެއް ނުވިއެވެ. އެފް.އެޗް.ޓީ.އެސް ބަލިކޮށް ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މެޕްސް ކޮލެޖުންނެވެ.

އެމް.ޑަބްލިއު.އެސް.ސީ ފުޓްސެލް ފިއެސްޓާ 2019ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

2019 ވަނަ އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އެވެ. އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގައި ފިރިހެން ޑިވިޝަނުން 15 ޓީމު އަދި އަންހެން ޑިވިޝަނުން 12 ޓީމު ވާދަކުރެއެވެ. އެންމެ ފަހުން ބޭއްވުނު މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިރެކްސް ކޮލެޖު ބަލިކޮށް ހޯދާފައިވަނީ އެވިޑުންނެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން، އެފް.އީ ބަލިކުރުމަށްފަހު އެމް.އައި ކޮލެޖުން ވަނީ ހޯދާފައެވެ.

އެމް.ޑަބްލިއު.އެސް.ސީ ފުޓްސެލް ފިއެސްޓާ 2019 ގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގެ ތެރެއިން – ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2022 ގެ ހިންގާ ކޮމެޓީ:

ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2022 ގެ ހިންގާ ކޮމެޓީ ޗެއާ ކުރާނީ ޔޫނިއަންގެ ނައިބު ރައީސް (އިތުރު ހަރަކާތް) ސުޢައިދު ޔޫނުސްއެވެ. މި މުބާރާތުގެ ކޯ ޗެއާއަކީ، ޔޫނިއަންގެ ނުވަވަނަ ދައުރުގެ ނައިބު ރައީސް (އިތުރު ހަރަކާތް) މާޒިން މުޙައްމަދެވެ.

ހިންގާ ކޮމެޓީގެ މެމްބަރުގެ ގޮތުގައި ހަރަކާތްތެރިވާނީ، ޔޫނިއަންގެ މިދައުރުގެ ރައީސް ހުސައިން ޒައިދާއި، ނައިބު ރައީސް (ގޮފިތައް) ޖައިޝް އަލީ ވަހީދާއި، ނައިބު ރައީސް (އިލްމީ) އަޙްމަދު އިޔާޒާއި، ހަޒާންދާރު، މުޙައްމަދު އަޙްނަފާއި، ސެކެޓްރީ، މަނާލް އަޙްމަދާއި، އެސިސްޓެންޓް ސެކެޓްރީ، ނަޖީލާ މޫސާ ނައީމާއި، މީޑިއާ ކޯޑިނޭޓަރު އަބްދުﷲ އަތޫފް އާތިފާއި، އެޑްވައިޒަރީ ބޯޑު މެމްބަރު އަދި ނުވަވަނަ ދައުރުގެ ރައީސް އަބްދުﷲ ޝަހުނީޒާއި، އަށްވަނަ ދައުރުގެ ރައީސް އަލީ ޝަމްއޫންއާއި، ހަތްވަނަ ދައުރުގެ ރައީސް އަދި އެޑްވައިޒަރީ ބޯޑު މެމްބަރު މުޙައްމަދު ޝާން އާމިރާއި، ހަވަނަ ދައުރުގެ ރައީސް އަދި އެޑްވައިޒަރީ ބޯޑު މެމްބަރު އަރުޝަދު އަޝްރަފްގެ އިތުރުން އަށްވަނަ ދައުރުގެ ނައިބު ރައީސް (އިލްމީ) އަރުޝަމް މުޙައްމަދެވެ.

ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓާ 2018 ގެ އޯގަނައިޒިން ކޮމެޓީ

އެމް.ޑަބްލިއު.އެސް.ސީ ފުޓްސެލް ފިއެސްޓާ 2019 ގެ އޯގަނައިޒިން ގްރޫޕް

ޝައްކެތްވެސް ނެތް މި މުބާރާތް ހިންގުމުގައި އެންމެ ބޮޑު އެއްބާރުލުމެއް އަޅުގަނޑުމެންނަށް ލިބެނީ މުބާރާތް ސްޕޮންސަރ ކޮށްދެއްވާ ފަރާތްތަކުގެއެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޓައިޓެލް ސްޕޮންސަރ، އެމް.ޔޫ ސްޓޯރު (ލެކްނޯ) އަށާއި، މުބާރާތުގެ ސްޕޮންސަރުންކަމަށްވާ ސޮނީ ސްޕޯޓްސް، ދިރާގު އަދި ޕްރިންޓް ކޯއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ.

މި މުބާރާތް މިގޮތުގައި ހިންގެމުން އަންނަނީ ޔޫނިއަންގެ ލީޑާސް ގްރޫޕްގެ ބޮޑު އެއްބާރުލުމަކާއެކުގައެވެ. އެގޮތުން މުބާރާތުގެ ހިންގާ ކޮމެޓީއާއެކު، އޯގަނައިޒިން ކޮމެޓީން ކުރަމުން އަންނަނީ ބުރަބޮޑު މަސައްކަތެކެވެ. މިއީ ޔޫނިއަނުން އިސްވާރުން، ކުރިއެރުވުމަށް ހުޅުވާލާ ފުރުސަތުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފުރުސަތުވެސްމެއެވެ.

އަތޫފް އާތިފް

އަތޫފް އާތިފް

އެމް.އެން.ޔޫ.އެސް.ޔޫ ގެ 10 ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ފިރިހެން ޑިވިޝަން ގްރޫޕް ބީ: ޕޮލިޓެކްނިކާއި އެފް.އީ މޮޅުވެ، ގްރޫޕްގެ ފޯރިގަދަވެއްޖެ!

ފިރިހެން ޑިވިޝަން ގްރޫޕް ބީ: ޕޮލިޓެކްނިކާއި އެފް.އީ މޮޅުވެ، ގްރޫޕްގެ ފޯރިގަދަވެއްޖެ!

2023-09-24
ފިރިހެން ޑިވިޝަން ގްރޫޕް އޭ: ސީ.އެފް.އެސް ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި، އައި.ޔޫ.އެމް އަށް ރަނގަޅު ފެށުމެއް!

ފިރިހެން ޑިވިޝަން ގްރޫޕް އޭ: ސީ.އެފް.އެސް ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި، އައި.ޔޫ.އެމް އަށް ރަނގަޅު ފެށުމެއް!

2023-09-24
އަންހެން ޑިވިޝަން ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސްގެ ދެވަނަ މޮޅު، އެމް.އައި އިން ސައިރިކްސް ބަލިކޮށްފި

އަންހެން ޑިވިޝަން ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސްގެ ދެވަނަ މޮޅު، އެމް.އައި އިން ސައިރިކްސް ބަލިކޮށްފި

2023-09-24
ފުޓްސަލް ފިއެސްޓާ: ޗެމްޕިއަން މެޕްސް ކޮލެޖު މޮޅުވިއިރު، އެފް.އެޗް.އެސް އަދި ސައިރިކްސް އެއްވަރުވެއްޖެ!

ފުޓްސަލް ފިއެސްޓާ: ޗެމްޕިއަން މެޕްސް ކޮލެޖު މޮޅުވިއިރު، އެފް.އެޗް.އެސް އަދި ސައިރިކްސް އެއްވަރުވެއްޖެ!

2023-09-23
ފުޓްސަލް ފިއެސްޓާ: އެމް.އައި އަދި އެފް.އޭގެ ވެސް ފެށުން ރަނގަޅުކޮށްފި!

ފުޓްސަލް ފިއެސްޓާ: އެމް.އައި އަދި އެފް.އޭގެ ވެސް ފެށުން ރަނގަޅުކޮށްފި!

2023-09-23
ފިރިހެން ޑިވިޝަން ގްރޫޕް ބީ: އެމް.އެން.ޔޫ.ބީ.އެސް އާއި ވިލާ ކޮލެޖު އެއްވަރު، އެފް.އީ އަށް މޮޅެއް!

ފިރިހެން ޑިވިޝަން ގްރޫޕް ބީ: އެމް.އެން.ޔޫ.ބީ.އެސް އާއި ވިލާ ކޮލެޖު އެއްވަރު، އެފް.އީ އަށް މޮޅެއް!

2023-09-23
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab