Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ރިޕޯޓްސް މެއިން ރިޕޯޓްތައް

ރިޕޯޓް: މިއީ ކާކު؟ – ދަރިވަރުންގެ ޔޫނިއަން ފަޚުރުވެރިވާ ޝަރަފުވެރި ސަޕޯޓަރ

މުހައްމަދު ޝާން ޢާމިރު by މުހައްމަދު ޝާން ޢާމިރު
2021-04-23
in މެއިން ރިޕޯޓްތައް, ރިޕޯޓްސް
ރިޕޯޓް: މިއީ ކާކު؟ – ދަރިވަރުންގެ ޔޫނިއަން ފަޚުރުވެރިވާ ޝަރަފުވެރި ސަޕޯޓަރ

”މިއީ ކާކު؟“ މި ބަސް ދިވެހި ޒުވާނުންގެ އަތްމަތީ ބަހަކަށް ވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. ޚާއްޞަގޮތެއްގައި ރޯދަމަސްތަކުގައެވެ. ”މިއީ ކާކު؟“ މަޝްހޫރުވެގެންދިޔައީ ދައުލަތުގެ މީޑިއާ ”ޓީވީއެމް“ އިން ރޯދަމަހުގައި ގެންނަ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްގެ ނަމުގެ ގޮތުންނެވެ.

މިފަހަރު ”މިއީ ކާކު؟“ގެ ގޮތުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން މި ގެނެސްދެނީ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަން އަށް ޚިދުމަތްކުރުމުގައި ލާމަސީލު މިސާލު ދައްކަވާފައިވާ ބައެއް ޝަރަފުވެރި ދަރިވަރުންގެ ރިޕޯޓުތަކެކެވެ.

އެޑިޓޯރިއަލް ނޯޓް:

ގެންޒޯ އަކީ ޤައުމީ ޔުނިވަރސިޓީން އުފެދުނު ކުޅަދާނަ ޝަޚްޞިއްޔަތެކެވެ. ހުނަރުވެރި ދަރިވަރެކެވެ. އަދި ހިންމަތާއެކު މަސައްކަތްކުރި އަދި ކުރަމުންދާ އަބްޠާލެކެވެ. ޔޫނިއަންގެ ޝަރަފުވެރިންގެ ލިސްޓުގައި ހިމެނޭ ހިންގުންތެރި އިސްވާރެކެވެ. އަޅުގަނޑަށް ގެންޒޯ ފުރަތަމަ ފެނުނު ދުވަހުން ފަށައިގެން މިއަދާ ހަމައަށްވެސް އެއީ ގާތް ރަހުމަތްތެރިއެކެވެ. ގެންޒޯ ފުރަތަމަ ދިމާވި ދުވަހަކީ އިންޓަރ ކޮލެޖް ވޮލީބޯޅަ މުބާރާތުގައި ސަޕޯޓަރުން ހޯދަންވެގެން ޔޫނިއަންގެ ގޮފިތަކުގެ ހިންގާ ކޮމިޓީތަކާ ގެންޒޯ ބައްދަލު ކުރި ދުވަހެވެ. ޔުނިވަރސިޓީ ޙަޔާތް ނިމުމަށްފަހުވެސް ޔުނިވަރސިޓީ އާއި ދަރިވަރުންގެ ޔޫނިއަން އަށް ޚިދުމަތްކުރުމުގައި ގެންޒޯ ދައްކަނީ ނަމޫނާ އެކެވެ.

 


ޅ. އޮޅުވެލިފުށީ ފިޔާތޮށިގޭ ޢަލީ ރިޔާޟޭ ބުނުމުން އެއީ ކާކުކަން އެނގޭނެ މީހަކު މަދުވެދާނެއެވެ. އެހެން ނަމަވެސް، މީގެ ދެތިން އަހަރު ކުރިން، ”ގެންޒޯ“އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގައި މަދުވާނެއެވެ. ގިނަ އިސްވާރުންތަކެއް އުފެއްދި، އަދި އުފައްދަމުން އަންނަ އެމް.އެން.ޔޫ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ތަޢުލީމު ޙާޞިލުކުރި ގެންޒޯ އަކީ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ އެންމެ މަތީ ޝަރަފު، ”އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ“ގެ ލަޤަބު ޙާޞިލުކޮށްފައިވާ ފަރާތެކެވެ.

ޔުނިވަރސިޓީ ހަޔާތުގެ ކުރިން

ގެންޒޯ އަކީ އޭނާގެ މައިންބަފައިންގެ 7 ދަރިންގެ ތެރެއިން 5 ވަނަ ކުއްޖާއެވެ. ކުޑައިރުއްސުރެވެސް ސްކޫލުގައި އަދި ރަށުގައި ބާއްވާ އެކިއެކި އިވެންޓްތަކުގައި ބައިވެރިވުމަށް ގެންޒޯގެ ޝަޢުޤުވެރިކަން ހުރެއެވެ. ގްރޭޑް 1 ން 7 ށް ގެންޒޯ ކިޔެވީ ރަށު މަދަރުސާކަމަށްވާ ޅ. އޮޅުވެލިފުށީ ސްކޫލުގައެވެ. އެއަށްފަހު މާލެއަށް އައިސް އަހްމަދިއްޔާ ސްކޫލުގައި ވެސް ތަޢުލީމު ޙާޞިލުކުރިއިރު، ގްރޭޑް 10 ނިންމާފައިވަނީ ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާއިންނެވެ. އޭލެވެލް ޙާޞިލްކުރީ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގައި ކަމަށްވާއިރު ގެންޒޯ ދެކޭ ގޮތުގައި އޭނާގެ މަދަރުސީ ޙަޔާތުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރެވިފައިވަނީ ނ. އަތޮޅު މަދަރުސާގައި ކިޔެވި ދުވަސްވަރެވެ. އޭރުވެސް އެ ސްކޫލުގައި އޮންނަ ތަފާތު އިތުރު ޙަރަކާތްތަކުގައި ގެންޒޯ ދިޔައީ ބައިވެރިވަމުންނެވެ. މިއާއެކު ގެންޒޯ އަކީ އެ ސްކޫލުގެ ދަރިވަރުންގެ ތެރޭގައި މަޤްބޫލު ދަރިވަރަކަށް ވަނީ ވެފައެވެ.

ގެންޒޯ | ފޮޓޯ: ފޭސްބުކް

ޔުނިވަރސިޓީގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަށް ގެންޒޯ ގުޅުނީ 2013ވަނަ އަހަރެވެ. އެ އަހަރަކީ އެމް.އެން.ޔޫ.އެސް.ޔޫ ވެސް ވުޖޫދުވެގެން އައި އަހަރެވެ. އެމް.އެން.ޔޫ ތެރޭގައި އޭރު އޮތް އެންމެ ހަރަކާތްތެރި އެއް ފެކަލްޓީ ކަމަށްވާ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ބެޗްލަރސް އޮފް ޓީޗިންގެ ސަނަދު ޙާސިލުކުރަމުން ދިޔައިރު، ގެންޒޯގެ ފުރަތަމަ ދުވަސްވަރު މުޅީންވެސް އޮންނަނީ ”ގެއިން ޔުނިވަރސިޓީއަށް، ޔުނިވަރސިޓީން ގެއަށް“ ދިއުމެވެ. އޭރު އެއީ ހަމައެކަނި ކިޔެވުމަށް ހުސްވެގެން ހުރި ދަރިވަރެކެވެ. އެހެން ނަމަވެސް ޔުނިވަރސިޓީ ޙަޔާތުގައި ކުރާން އޮންނަ ހަމައެކަނި ކަމަކީ ކިޔެވުން ނޫންކަން ސާބިތުކޮށްދީ ދަރިވަރުންގެ ޔޫނިއަން އާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޙަރަކާތްތަކުގައި ބައިވެރިވުމަށް ގެންޒޯ ނެރެދިނީ އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރުގެ ރައީސް އަރުޝަދު އަޝްރަފެވެ. އަރުޝަދަކީ އޭރު ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ގެންޒޯއެކޭ އެއްގޮތަށް ތަޢުލީމު ޙާޞިލުކުރަމުންދިޔަ ދަރިވަރެކެވެ.

ދަރިވަރުންގެ ޔޫނިއަންގެ 6 ވަނަ ދައުރުގެ ރައީސް އަރުޝަދު އަޝްރަފް ފާހަގަކުރެއްވި ގޮތުގައި ގެންޒޯ އަކީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރޭގައި އެކުވެރިކަން އާލާކޮށް އެއްބައެއްގެ ގޮތުގައި ހުރިހާ ފެކަލްޓީތަކުގެ ކުދިން ނެރެދިނުމަށް އިސްވާރެއްގެ ގޮތުން އެންމެ ފުރަތަމަ ނިކުތް އެއް ފަރާތެވެ.

”އޭރުވެސް މިހާރުވެސް ދެގޮތެއްނުވެ ގެންޒޯ ފެންނަނީ ޤައުމީ ޔުނިވަރސިޓީގެ ޖޯޝާއި ފޯރީގެ ގޮތުގައި“

ގެންޒޯ އެންމެ ފުރަތަމަ ޔޫނިއަންގެ ޙަރަކާތްތަކަށް ނެރެދިން ޔޫނިއަންގެ ކުރީގެ ރައީސް އަރުޝަދު ވިދާޅުވިއެވެ.

އަރުޝަދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ގެންޒޯއޭ ބުނުމުން މިހާރު މާނަ ކުރެވެނީ އެއީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ލޯބި ލިބިފައިވާ ފަރާތެއްގެ ގޮތުގައި ކަމަށެވެ.

ގެންޒޯ (ވ) އަދި އަރުޝަދު | ފޮޓޯ: އަރުޝަދު

ޔޫނިއަންގެ ޙަރަކާތްތަކުން

ގެންޒޯ ޔޫނިއަންގެ ޙަރަކާތްތަކާ ގުޅުނީ 2015 ވަނަ އަހަރެވެ. އޭގެ ކުރިންވެސް ގެންޒޯ ދިޔައީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ބައެއް ޙަރަކާތްތައް ކަމަށްވާ މުދައްރިސުންގެ ދުވަސް، ކުޑަކުދިންގެ ދުވަސް އަދި ހަވާސް ޝޯވ ފަދަ ޙަރަކާތްތައް ރާވާ އިންތިޒާމު ކުރުމުގައި ބައިވެރިވަމުންނެވެ. އަދި ހަމަ އެހެންމެ ގެންޒޯ އަކީ ނެށުމަށް މޮޅު ދަރިވަރެއްކަން ހަވާސް ޝޯވގެ ސްޓޭޖްތަކުގައި ގެންޒޯ ދިޔައީ ސާބިތުކޮށްދެމުންނެވެ. މީގެ އިތުރުން މިޒާޖުގައި ހެއްވާ މަޖާ ގޮތެއް ހުންނަ ގެންޒޯ އަކީ ޅެންވެރިކަމަށްވެސް މޮޅު ދަރިވަރެކެވެ.

ދަރިވަރުންގެ ޔޫނިއަންގެ 4 ވަނަ ދައުރާއި 5 ވަނަ ދައުރުގެ ރައީސް އަލްއުސްތާޛް ޢަލީ ރަޝީދު ވިދާޅުވި ގޮތުގައި ގެންޒޯ އަކީ ޔޫނިއަންގެ ރޫޙު ދިރުވާ އާލާކުރުމުގައި މިސާލެއް ނެތް ފަދަ ޚިދުމަތްތެރިއެކެވެ.

”ޔޫނިއަންގެ އެތަކެއް ކާމިޔާބީއެއްގެ ފަހަތުގައިވި ސަޕޯޓަރުން، ސަޕޯޓަރުންގެ ގޮތުގައި ރުކުރުވާލައިދިން ފަހުލަވާނަކީ ގެންޒޯ“

ކުރީގެ ރައީސް ޢަލީ ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ގެންޒޯގެ އަސަރުތައް އަދިވެސް ޔޫނިއަންގައިވާ ކަމަށާއި ގެންޒޯ އަކީ ”އޯލް ޓައިމް ފޭވަރިޓް“ކަމަށް ޢަލީ ރަޝީދު އިތުރަށް ފާހަގަކުރެއްވިއެވެ.

އިންޓަރ ކޮލެޖް ވޮލީބޯޅަ މުބާރާތް 2019ގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ދަރިވަރުންގެ ޔޫނިއަންގެ ޙަރަކާތްތަކުގައި ގެންޒޯ ފާހަގަވެގެންދިޔައީ 2015 ވަނަ އަހަރުގެ އިންޓަރކޮލެޖް ވޮލީބޯޅަ މުބާރާތާ ހިސާބުންނެވެ. އަރުޝަދުގެ އެހީތެރިކަމާއެކު އޭރު ޔޫނިއަންގެ ހިންގާ ކޮމިޓީއާވެސް މަޝްވަރާކުރެވިގެން، ޚާއްޞަގޮތެއްގައި ޢަލީ ރަޝީދުގެ ވެސް އެއްބާރުލުމާއެކު ގެންޒޯ ހަވާލުވީ ވޮލީބޯޅަ މުބާރާތުގައި އެމް.އެން.ޔޫ ޓީމުތަކަށް ސަޕޯޓުކުރުމަށް އުފެދިގެންއައި ސަޕޯޓު ޓީމުގެ ލީޑަރަށެވެ. ދުވަސްވަރަކީ ޔޫނިއަން ހަރަކާތްތަކުގައި މާ ގިނަ ދަރިވަރުން ހަރަކާތްތެރިވަމުން ދިޔަ ދުވަސްވަރެއް ނޫނެވެ. އެހެންކަމުން ގެންޒޯއަށް ކުރިމަތިވި ޗެލެންޖު ބޮޑެވެ. ކުރަންޖެހުނު މަސައްކަތަކީ ޒިންމާ ބޮޑު މަސައްކަތެކެވެ. ސަޕޯޓުކުރާ ޓީމުގައި އޭރު ތިބީ ގާތްގަނޑަކަށް 12 ވަރަކަށް ދަރިވަރުންނެވެ. ގެންޒޯގެ ފުރަތަމަވެސް އަމާޒަކަށްވެގެންދިޔައީ މި އަދަދު އިތުރުކުރެވޭ އެންމެ ބޮޑަކަށް އިތުރުކުރުމެވެ. އެގޮތުން ޔޫނިއަންގެ ގޮފިތަކާއެކު ބޭއްވުނު ބައްދަލުވުންތަކަކަށްފަހު ދަރިވަރުން ހޯދުމަށް ސީދާ ކްލާސްތަކަށްގޮސް ނަން ނޯޓު ކުރުމަށް ފެށިގެންދިޔައީ ގެންޒޯގެ ސީދާ ހަރަކާތުގެ ތެރެއިންނެވެ. ހޯދުނު ބައިވެރިންނާއެކު އެމް.އެން.ޔޫ ކުޅޭ މެޗުތަކުގައި ސަޕޯޓަރުންގެ އަޑުން މުޅި ސޯޝަލް ސެންޓަރު ގުގުމާލިއެވެ. އަދި ސަޕޯޓަރުންގެ ސަޕޯޓާއި ކުޅުންތެރިންގެ ހިތްވަރާއެކު މި މުބާރާތުގައި އެމް.އެން.ޔޫގެ ޓީމުތަކުން ރަންވަނަތަކެއް ޙާޞިލުކުރިއެވެ.

އެއަށްފަހު އެމް.އެން.ޔޫއިން ވަކިވެގެން ދިއުމާ ހަމައަށް ގެންޒޯ އަކީ ޔޫނިއަންގެ ކޮންމެ ހަރަކާތެއްގައިވެސް އިސް ސަފުގައި ހުންނަ ދަރިވަރެކެވެ. މީގެ ތެރެއިންވެސް ވޮލީބޯޅަ މުބާރާތްތަކުގެ ހަނދާންތަކަކީ ގެންޒޯއަށް މުހިއްމު ހަނދާންތަކެކެވެ. އެގޮތުން 2016 ވަނަ އަހަރުވެސް ސަޕޯޓަރުންގެ ޓީމާއެކު ގެންޒޯ ވަނީ ފުރިހަމަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ޔޫނިއަންގެ އެންމެ ގިނަ ޙަރަކާތްތަކުގައި ބައިވެރިވެފައިވަނީވެސް 2016 ވަނަ އަހަރުކަމަށް ގެންޒޯ ވަނީ މައުލޫމާތު ދެއްވާފައެވެ.

ޔުނިވަރސިޓީ ހަޔާތަށްފަހު

2017 ވަނަ އަހަރު އެމް.އެން.ޔޫ ދޫކޮށް އުފަންރަށް އޮޅުވެލިފުއްޓަށް ގެންޒޯ ބަދަލުވިއެވެ. އެހެން ނަމަވެސް އެއަހަރުގެ ވޮލީބޯޅަ މުބާރާތުގައި ސަޕޯޓަރުންގެ ޓީމާއެކު ހަރަކާތްތެރިވުމަށް ގެންޒޯ ވަނީ އެނބުރި މާލެ އައިސްފައެވެ. 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އެމް.އެން.ޔޫގެ ފިރިހެން އަދި އަންހެން ޓީމުން ވަނީ މުބާރާތުގެ ތަށި ހޯދާފައެވެ. އެހެންކަމުން 2018 ވަނަ އަހަރަކީ މުބާރާތުގެ ތަށި 2 ޑިވިޝަނުން މިލްކު ކުރުމަށް ލިބުނު ފުރުޞަތެކެވެ. ނަމަވެސް އެ އަހަރުގެ މުބާރާތް ކެންސަލްވުމާއެކު އެ ހުވަފެން ހަގީގަތަކަށް ހެދުމަށް 2019 ވަނަ އަހަރަށް މަޑުކުރަން ޖެހުނެވެ. 2019 ވަނަ އަހަރުގެ މި ތާރީޚީ މުބާރާތުގައި އެމް.އެން.ޔޫގެ ޓީމުތަކަށް ސަޕޯޓު ކުރުމަށް އަނެއްކާވެސް ގެންޒޯވަނީ މާލެ އައިސްފައެވެ. އަދި މި ތާރީޚީ ކާމިޔާބީ އެމް.އެން.ޔޫގެ ޓީމުތަކުން ޙާޞިލުކުރިއިރު، އެންމެ އުފާވާނެ އެއް ފަރާތަކީ ގެންޒޯކަން ކަށަވަރެވެ. އަދި ތަށި މިލްކު ކުރިއިރު 3 މުބާރާތުގައިވެސް ހަރަކާތްތެރިވި މަދު ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކީ ގެންޒޯ އެވެ.

އިންޓަރކޮލެޖް ވޮލީ ބޯޅަ މުބާރާތް 2017ގެ ތެރެއިން | ފޮޓޯ: ފޭސްބުކް

މީގެ އިތުރުން ޔޫނިއަންއާ ދުރަށް ގެންޒޯގެ ދިރިއުޅުން ބަދަލުވެގެން ދިއުމަށްފަހުވެސް ގެންޒޯ ދިޔައީ އެމް.އެން.ޔޫ އާއި ޔޫނިއަން ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޔޫނިއަންގެ ޙަރަކާތްތަކާ ގުޅިގެން ތަފާތު ވީޑިއޯ މެސެޖުތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޕޯސްޓުކުރުން މީގެ ތެރެއިން ފާހަގަކޮށްލެވެއެވެ. އަދި ހަމަ އެހެންމެ ޔޫނިއަންގެ ކަންކަން ބަލާ ހޯދައި، ޔޫނިއަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ގެންޒޯ ދިޔައީ ދުރުގައި ހުއްޓަސް ގާތުން ބަލަމުންނެވެ.

ދަރިވަރުންގެ ޔޫނިއަންގެ 8 ވަނަ ދައުރުގެ ރައީސް ޢަލީ ޝަމްޢޫންގެ ނަޒަރުގައި ޖޯޝާއި ފޯރި ނެގުމުގައި އެންމެ ކުރީ ސަފުގައި ހުންނަ ގެންޒޯ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ކޮންމެ ޙަރަކާތަކަށްވެސް ފޫހިކަމެއް ނެތި އެއްބާރުލުންދޭ ފަރާތެކެވެ.

”“ވީ އާރ ވީ އާރ އެމް އެން ޔޫ“ގެ އަޑުން މައިދާން ގުގުމާލާއިރު އެންމެ ބާރަށް އިވެމުންދާނީ ގެންޒޯގެ އަޑު“

ކުރީގެ ރައީސް ޝަމްޢޫން ވިދާޅުވިއެވެ.

އަދި އިންޓަރ ކޮލެޖް މުބާރާތުގެ ތަށި މިލްކު ކުރުމަށްފަހު ޔޫނިއަން އޮފީހަށް އައިސް 6 ތަށްޓާއެކު ފޮޓޯ ނެގިއިރު ގެންޒޯގެ ލޮލުން ހިލުވާލި ކަރުނައިން ދޭހަވެގެންދިޔައީ އެމް.އެން.ޔޫ އާއި އެމް.އެން.ޔޫ.އެސް.ޔޫ އަށް ގެންޒޯގެ ހިތުގައި އޮތް ސާފު ލޯބިކަމަށް ޝަމްޢޫން ވަނީ ފާހަގަކުރައްވާފައެވެ.

ދަރިވަރުންގެ ޔޫނިއަންގެ އެންމެ ޝަރަފުވެރި އިނާމު

އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންއަށް ގެންޒޯ ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެމް.އެން.ޔޫ.އެސް.ޔޫ އަށް ތަފާތު އެކި ރޮނގުން ދެމިހުންނަނިވި ގޮތުގައި ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އަރުވާ ޔޫނިއަންގެ އެންމެ މަތީ ޝަރަފު، ”އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ“ގެ ލަޤަބު ގެންޒޯއަށް ވަނީ އަރުވާފައެވެ. މި ލަޤަބު ގެންޒޯއަށް އަރުވާފައިވަނީ 2019 ނޮވެންބަރ 28 ވަނަ ދުވަހުގެރޭ އެމް.އެން.ޔޫ.އެސް.ޔޫ 8 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙްކުރުމަށް ބޭއްވުނު ޙަފްލާގައެވެ. ދަރިވަރުންގެ ޔޫނިއަން އިން މި އިނާމު އަރުވާފައިވާ 21 ބޭފުޅުންގެ ތެރޭގައި ގެންޒޯ ހިމެނޭކަމީ ގެންޒޯގެ ޚިދުމަތްތެރިކަމުގެ ނިޝާނެކެވެ.

ދަރިވަރުންގެ ޔޫނިއަން އިން ދޭ އެންމެ މަތީ ޝަރަފު ގެންޒޯއަށް އެރުވުން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އެއީ ހަގީގަތުގައިވެސް ގެންޒޯގެ ހަޔާތުގައި އުފާވެރި ރެޔެއްކަން ޔަގީނެވެ. އިނާމު ލިބުމަށްފަހު ޕޯޑިއަމްކައިރީ ގެންޒޯ ވާހަކަދައްކަން ހުރިއިރު ގެންޒޯގެ ލޮލުން ފާއްދާލި އުފާވެރިކަމުގެ ކަރުނައިން ގެންޒޯއަށް އެރޭ ކުރެވުނު އިޙްސާސްތައް ހާމަވެގެންދިޔައެވެ. ހަފްލާއަށް އައިއިރުވެސް ގެންޒޯއަށް އިނާމެއް ލިބިގެންދާނެކަމަށް ހީކުރެވިފައިއޮތެވެ. އެހެން ނަމަވެސް އެ އިނާމަކީ ދަރިވަރުންގެ ޔޫނިއަން އިންދޭ އެންމެ މަތީ ޝަރަފުކަމަށް ގެންޒޯ ހިއެއް ނުކުރެއެވެ. އަދި މި އިނާމު ލިބުމުން ވަރަށް އުފާވި ކަމަށާއި، ކޮށްދޭ ކަންތައްތަކުގެ އަގުވަޒަން ކުރުމަކީ އަބަދުވެސް އުފާވާކަމެއްކަމަށް ގެންޒޯ ވަނީ ބުނެފައެވެ. އަދި ޔޫނިއަން ގޮވާލާ ކޮންމެ ގޮވާލުމަކަށް ވީވަރަކުން އަބަދުވެސް އިޖާބަދޭނެކަމަށް ގެންޒޯ ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

އަސްލު ނަން އެނގުމުން އެކުވެރިންނަށް ބޮޑު ޝޮކެއް

ޔުނިވަރސިޓީގައި އުޅުންއިރު ގެންޒޯގެ އަސްލު ނަން އެނގެނީ މަދުބަޔަކަށެވެ. މިކަން މިހެން އޮއްވާ 2016 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ބޭއްވުނު ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކީޕަރަށް ހޮވިގެން ގެންޒޯގެ ފުރިހަމަ ނަން ”ޢަލީ ރިޔާޟް“ގެ ނަމުން ގޮވާލެވުމުން ގާތް ރަހުމަތްތެރިންނާއި ކްލާސް ކުދިންނަށްވެސް ލިބިގެންދިޔައީ ބޮޑު ޝޮކެއްކަމަށް ގެންޒޯ ފާހަގަކުރެއްވިއެވެ.

”ގެންޒޯ“ މި ނަން އުފެދިގެން އައި ގޮތާމެދު އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ގެންޒޯ ހާމަކުރެއްވީ އެ ނަމަކީ ވައިބަރގެ ނަމަކަށް ޖަހައިގެން އުޅުން ނަމެއްކަމަށާއި، އެ ނަން ޖެހިފަހުން ކްލާސް ކުދިން އެ ނަމުން ގޮވަން ފަށާ، އެ ނަން ހަރުވެގެން ދިޔައީކަމަށެވެ.

ދަރިވަރުންގެ ޔޫނިއަންގެ ކުރިމަގާމެދު

”ގެންޒޯމެން ޔޫނިއަންގައި މަސައްކަތްކުރިއިރު ތިބީ އަތުން ގުނާލެވޭހާ މަދު ކުދިންތަކެއް. މިއަދު މަންޒަރު ތަފާތު. ބައިވަރު ދަރިވަރުންތަކެއް އެބަތިބި. މިކަމުން ރަނގަޅު އައުޓްކަމެއް ނެރެވޭނެ.“

ޔޫނިއަންގައި މަސައްކަތްކުރަމުންދާ ދަރިވަރުންނަށް ދޭން ބޭނުންވާ މެސެޖެއް އެބައޮތްތޯ ސުވާލު ކުރުމުން ގެންޒޯ ފާހަގަކުރެއްވިއެވެ. އަދި ޔުނިވަރސިޓީގައި ކުރަންޖެހޭ ހަމައެކަނި ކަމަކީ ކިޔެވުން ނޫން ކަމަށާއި، ޔުނިވަރސިޓީން ނިކުމެ ޤައުމަށް ޚިދުމަތްކުރަން ބޭނުންވާ ކުދިން ދަރިވަރުންގެ ޔޫނިއަންގައި މަސައްކަތް ކުރުމަކީ ލިބޭނެ ބޮޑު ފައިދާއެއްކަމަށްވެސް ގެންޒޯ ފާހަގަ ކުރެއްވިއެވެ.

އިންޓަރކޮލެޖް ވޮލީބޯޅަ މުބާރާތް 2019ގެ އަންހެން ޑިވިޝަންގެ ތަށްޓާއެކު | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ގެންޒޯއާ މެދު ވާހަކަ ދައްކަވަމުން ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޢަބްދުﷲ ޝަހުނީޒް ފާހަގަކުރެއްވި ގޮތުގައި ގެންޒޯ އަކީ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އާއި މުޅި އެމް.އެން.ޔޫ.އެސް.ޔޫ ފަޚުރުވެރިވާ އެފަދަ ދެވަނައެއް ނުވާ ހިންގުންތެރިއެކެވެ.

”ގެންޒޯ އަކީ މަޤާމެއްގައި ނެތް ނަމަވެސް ދަރިވަރުންގެ ޔޫނިއަންގެ ކޮންމެ ޙަރަކާތެއްގައިވެސް އެހީތެރިކަން ފޯރުކޮށްދިން އިސްވާރެއް. އަދި އެމް.އެން.ޔޫ އިތުރު ޙަރަކާތްތަކުގެ ލީޑު ސަޕޯޓަރު!“

ރައީސް ޝަހުނީޒް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ގެންޒޯ އަކީ އެންމެންނާ ގުޅޭ، ޖޯޝާއި ފޯރި ގެނެސްދޭ އެކުވެރި މިޒާޖެއްގެ ވެރިއެކެވެ.

އިންޓަރކޮލެޖް ވޮލީބޯޅަ މުބާރާތުން އެމް.އެން.ޔޫ ކާމިޔާބުކުރި ތަށިތަކާއެކު (2016، 2017، 2019) | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ނިންމުން

ގެންޒޯ އަކީ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން މެނޭޖްމަންޓްގެ ލޯބި ލިބިފައިވާ ބަޠަލެކެވެ. އެއީ ޤައުމީ ޔުނިވަރސިޓީން އުފެދިގެން އައި ހަރަކާތްތެރި އިސްވާރެކެވެ. ޔުނިވަރސިޓީ ޙަޔާތް ނިމުމަށްފަހުވެސް އޮއްސުމެއް ނެތި ފަޒާގައި ފިޔަޖަހަމުންދާ އަލިގަދަ ތަރިއެކެވެ. ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން ފަޚުރުވެރިވާ ހިތްވަރުގަދަ ހިންމަތްތެރިއެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން ގެންޒޯ އަށް އެދެނީ ކާމިޔާބު ކުރިމަގަކަށެވެ. އުޖާލާ މުސްތަޤްބަލަކަށެވެ. މާތް ﷲ ގެންޒޯގެ މަސައްކަތްތަކުގައި ބަރަކާތް ލައްވާށިއެވެ.

Tags: 2021ރަމަޟާންމިއީ ކާކުގެންޒޯ
މުހައްމަދު ޝާން ޢާމިރު

މުހައްމަދު ޝާން ޢާމިރު

އެމް.އެން.ޔޫ.އެސް.ޔޫ އެޑްވައިޒަރީ ބޯޑު މެމްބަރު އަދި އެމް.އެން.ޔޫ.އެސް.ޔޫގެ 7 ވަނަ ދައުރުގެ ރައީސް

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ޔޫނިއަންގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ޔުނިވަރސިޓީ ކައުންސިލުން ފާސްކޮށްފި

ޔޫނިއަންގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް ޔުނިވަރސިޓީ ކައުންސިލުން ފާސްކޮށްފި

2025-12-10
2025ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ބީ.އެސް.އެސް.އޭ، އަތޮޅުތެރެއިން އެއްވަނަ ނޭކައާއި ގުރުޒަށް

2025ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ބީ.އެސް.އެސް.އޭ، އަތޮޅުތެރެއިން އެއްވަނަ ނޭކައާއި ގުރުޒަށް

2025-12-06
ދަރިވަރުންގެ ޔޫނިއަންގެ އިޖުތިމާޢީ ޚިދުމަތުގެ އިނާމު 27 ފަރާތަކަށް

ދަރިވަރުންގެ ޔޫނިއަންގެ އިޖުތިމާޢީ ޚިދުމަތުގެ އިނާމު 27 ފަރާތަކަށް

2025-12-06
ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު ޝަފީޢު އަދި އަޒްމީއަށް

ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު ޝަފީޢު އަދި އަޒްމީއަށް

2025-12-06
އެންމެ މުހިންމީ އުނގެނުމާއެކު އިތުރު ޙަރަކާތްތައް ބެލެންސްކުރުން: ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް

އެންމެ މުހިންމީ އުނގެނުމާއެކު އިތުރު ޙަރަކާތްތައް ބެލެންސްކުރުން: ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް

2025-12-06
ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

2025-12-06
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab