ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިތަދޫ ކެމްޕަސްގެ ގޮފި
ދޮންދީނިން އިސްވާރުންގެ ދަތުރެއް ކުރިއަށް ގެންގޮސްފިއެވެ.
ދޮންދީނި އިސްވާރުންގެ މި ދަތުރު ގޮސްފައިވަނީ 4 ސެޕްޓެންބަރު ގެ މެންދުރުން ފެށިގެން އިރު އޮއްސުމާ ހަމައަށެވެ. މި ދަތުރު ގޮސްފައިވަނީ އައްޑޫ ހަންކެޑެ ދަތުރު ދިއުމަށް ޚާއްސަ ސަރަޙައްދަށެވެ.
މި ދަތުރުގައި އިސްވާރުންގެ މެދުގައި ތަފާތު ކުޅިވަރުތައް ކުޅެފައިވެއެވެ. މިގޮތުން ވާދެމުން، ފައިގެތަޅާ ފަދަ ކުޅިވަރުތައް ފާހަގަކުރެވެއެވެ. މި ދަތުރުގައި ވަނީ ޚާއްސަ ބާބަކިއު އެއްވެސް ކުރިއަށް ގެންގޮސްފައެވެ.
އިސްވާރުންގެ މި ދަތުރަކީ އޯގަސްޓް ގައި ހިތަދޫ ކެމްޕަހާ ގުޅުނު އައު އިސްވާރުންނާއި މިހާރުގެ އިސްވާރުންގެ ގުޅުން ބަދަހިކޮށްދީ ގޮފީގެ ރޫހު އައުކޮށްދިން ދަތުރެކެވެ.
މި ދަތުރުގެ ކަންކަން ރާވާ އިންތިޒާމުކޮށްފައިވަނީ ދޮންދީނި ގޮފީގެ ކުރީގެ ރައީސުންނާއި ޔުނިވަރސިޓީ ކައުންސިލްގައި ދަރިވަރުން ތަމްސީލްކުރައްވާ މެންބަރުގެ އިސްނެގުމާއި ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ. މި ދަތުރުގައި އިސްވާރުންގެ ޚިޔާލު ހޯދައި ކުރިއަށް އޮތް ތަނަށް ތަފާތު ހަރަކާތްތަކެއް ވަނީ ރާވާފައެވެ.






